ދިވެހިރާއްޖެ
އިޢުލާން
މި އިދާރަގެ ނަންބަރު:A-10/2002/61 (14 އޮކްޓޫބަރު 2002) ގެ އިޢުލާނާ ގުޅިގެން ހއ. ދިއްދޫ އިރުމަތީ ފަރާތު ބަނދަރުގެ އުތުރުން ތެޔޮވިއްކުމަށް ކުއްޔަށް ދޫކުރެވިފައިވާ 1200 އަކަފޫޓްގެ ބިމަކީ، ކުއްޔަށްދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ބިމެކެވެ. ވުމާއެކު، މި ބިން ކުއްޔަށްދިނުމަށް ހެދިފައިވާ ނަންބަރު: (AGR)251/INDIV/2014/1 (16 ޖަނަވަރީ 2014) އެގުރިމެންޓް ވަނީ، 21 މޭ 2015 ގައި ބޭއްވުނު ދިއްދޫ ކައުންސިލްގެ ދެވަނަ ދައުރުގެ 52 ވަނަ ޖަލްސާއިން ބާޠިލުކޮށްފައެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ބިމުގައި އެއްވެސް ފަރާތެއްގެ މުދަލެއްވާނަމަ، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ބިމުގައި ހުރި ތަކެތި ނެންގެވުން އެދެމެވެ. އަދި އެ މުއްދަތުގެ ފަހުން އެ ބިމުގައި އެއްވެސް އެއްޗެއް ހުރިނަމަ މި އިދާރާއިން އެ ތަކެތި ނައްތާލެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
18 ރަޖަބު 1437