ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަ ކޯޓު، ބާސްކެޓް ކޯޓް އަދި ދެ ވޮލީ ކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދޫނޑިގަން ސްޕޯޓްސް އެރީނާގައި ޤާއިމުކުރާ ނެޓުބޯޅަ ކޯޓް، ބާސްކެޓް ކޯޓް އަދި ދެ ވޮލީ ކޯޓާ ބެހޭ:

ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ފުވައްމުލަކު ދޫނޑިގަމުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ނެޓްބޯޅަ ކޯޓު، ބާސްކެޓް ކޯޓް އަދި ދެ ވޮލީ ކޯޓް، މި ކައުންސިލުން ދައްކާ ކުރެހުންތަކާ އެއްގޮތަށް އަޅަން ބޭނުންވެއެވެ.

ވީމާ، ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 02 ވާ ހޯމަ ދުވަހުގެ 09:00 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 09 ވާ ހޯމަ ދުވަހުގެ 09:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ތިން މަސައްކަތް ކަމަށް ބަލައި، ދެ ވޮލީކޯޓް އެއްކޮށް، ނެޓުބޯޅަ ކޯޓް އަދި ބާސްކެޓް ކޯޓް ވަކިވަކީންނެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހު، ސިޓީއުރައިގެ ބޭރުގައި "ސްޕޯޓްސް އެރީނާގައި ޤާއިމުކުރާ ނެޓުބޯޅަ ކޯޓް، ބާސްކެޓް ކޯޓް އަދި ދެ ވޮލީ ކޯޓާ ބެހޭ" މިގޮތަށް ޖަހާފައެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.

13 ރަޖަބު 1437 

 

20 އޭޕްރިލް 2016
ހޯދާ