ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔޫތު ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ގދ. ގައްދޫގައި ޔޫތު ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ގައްދޫ ކައުންސިލްގެ އިދާރާއާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާ ގުޅިގެން ދެވޭ މަޢުލޫމާތާ އެއްގޮތައް އަމިއްލަ ތަކެތީގައި ގައްދޫގައި ޔޫތު ކޮމްޕްލެކްސްއެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ޔޫތު ކޮމްޕްލެކްސް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 13 ވާ ހޯމަ ދުވަހު 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 21 ވާ އަންގާރަ ދުވަހު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި، ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6840003 ނުވަތަ 7896527 ފޯނާއެވެ. މިކަމާ ގުޅިގެން މި އިދާރާއިން ކޮށްފައިވާ ނަންބަރު 48/2016 އިޢުލާނުގައިވާ މުއްދަތު އެކަށީގެންވާ ވަރަށްވުރެ ކުރުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށްފީމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާނުކުރީމެވެ.

17 ރަޖަބު 1437

 

24 އޭޕްރިލް 2016
ހޯދާ