ދިވެހިރާއްޖެ
އިޢުލާން
2015 ވަނަ އަހަރުގެ ޝަރުޢީ ދާއިރާގެ ތަފާސްހިސާބު ފޮތް ޗާޕުކޮށް ދޭނެ ފަރާތެއް ހޯދުމާ ބެހޭ
މި ޑިޕާޓްމަންޓަށް 2015 ވަނައަހަރުގެ ޝަރްޢީ ދާއިރާގެ ތަފާސްހިސާބު ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު 198-F/2016/43 ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުލުވާލަމަވެ. މިކަމާބެހޭ މަޢުލޫމާތު ޝީޓް މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެންހުންނާނެއެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 2016 މޭ 2 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން 3006231 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 3 ވާ އަންގާރަ ދުވަހުގެ 14:00އަށް އަންދާސީހިސާބު މި ޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.
20 ރަޖަބު 1437