ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހޯދުން:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، މި އިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)418-AS/418/2016/15 އިޢުލާނާ ގުޅިގެން 3 ފަރާތުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި އިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރީމެވެ.  

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތުދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައި އޮންނާނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ޕްރޮޕޯސަލް ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ނަޑެއްލާ ކައުންސިލްގެ އިދާރާގެ ވެބްސައިޓް ފަރުމާކޮށްދިނުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑީގެ ކުރިން އަދި ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑީގެ ކުރިން އެކަން ލިޔުމަކުން މި އިދާރާއަށް އަންގަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން: 2015 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި.
  2. ޕްރޮޕޯސަލް ބަލައިގަތުނ: 2016 މޭ 11 ވާ ބުދަ ދުވަހުގެ 13:00 ގައި.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

21 ރަޖަބު 1437

 

28 އޭޕްރިލް 2016
ހޯދާ