ދިވެހިރާއްޖެ
އިޢުލާން
އީ.އައި.އޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް:
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މި ރަށުގެ ފުޓްބޯޅަދަނޑަށް ފަސްއަޅާ އެއްވަރުކުރުމަށްޓަކައި ފަޅުން ވެލިނަގަން ޖެހޭތީ، އެ ސަރަޙައްދުގެ އެންވަޔަރަންމަންޓް އިމްފެކްޓް އެސެސްމެންޓެއް ހެދުމުގެ މަސައްކަތް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑުތަކާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރެވުނު ނަންބަރު:(IUL)418/418/2016/25(18 އެޕްރީލް 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ ޢިއުލާން ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރީމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތުދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައި އޮންނާނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ޕްރޮޕޯސަލް ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "އީ.އައި.އޭ ރިޕޯޓް ހެދުމާ ބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑީގެ ކުރިން އެކަން ލިޔުމަކުން މި އިދާރާއަށް އަންގަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކޮށްދިނުން: 2016 މޭ 04 ވާ ބުދަ ދުވަހުގެ 10:00 ގައި.
- ޕްރޮޕޯސަލް ބަލައިގަތުން:2016 މޭ 10 ވާ އަންގާރަ ދުވަހުގެ 10:00 ގައި.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
21 ރަޖަބު 1437