މި ސަރވިސްގެ ނަންބަރު (IUL)167-HR/167/2016/15 އިޢުލާނާ ގުޅިގެން އެއްވެސް ބޭފުޅަކު ކުރިމަތި ލައްވާފައިނުވާތީ، އެ މަގާމަށް އެންމެ ފަރާތަކުން ކުރިމަތި ލައްވާފައިވާތީ، އެ މަގާމަށް އަލުން ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ހޯދުމަށް އިޢުލާން ކުރަމެވެ.
|
މަޤާމު
|
ފަޅުވެރި
|
ރޭންކް
|
ސަޕޯޓް ސަރވިސް އޮފިސަރ 2
|
ކްލެސިފިކޭޝަން
|
ސަޕޯރޓް ސަރވިސް
|
މުސާރަ
|
-/4,170 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/3,500 ރުފިޔާ
|
ނޮންޕްރެކްޓިކްސް
|
މުސާރައިގެ %45
|
ބޭނުންވާ އަދަދު
|
02
|
މަސައްކަތް ކުރަންޖެހޭ ތަން:
|
މާފުށި ޖަލު
|
ޝަރުޠު
|
- ލިޔަންކިޔަން އެނގޭ މީހެއް ކަމުގައި ވުން.
- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުން ކުރުން، ނުވަތަ މަސްތުވާތަކެތި ވިޔަފާރި ކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
- އެއްވެސް އިރެއްގައި މަސްތުވާއެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ނުވުން.
މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:
-އުމުރުން 25 އަހަރާއި 45 އަހަރާ ދެމެދުގެ މީހަކަށްވުން
- ކަނޑު އުޅަނދު ފަހަރު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.
- ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސް އިން ކުރިއަށް ގެންދާ ނެވިގޭޝަން ނުވަތަ މެރިން އޮޕަރޭޝަން ކޯސް ފުރިހަމަކޮށްފައިވުން
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
- ދޯނި ދަތުރުތަކުގައި ބައިވެރިވުން.
- ދޯންޏާއި ދޯނީގައި ހުންނަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ދޯނި ސާފު ތާހިރުކޮށް ބެލެހެއްޓުން.
- ދޯންޏަށް އަރުވާ މުދަލާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ޖަލުގައި ދިމާވާ ކުއްލި ހާލަތްތަކާ ގުޅިގެން ކުރަން ޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:
|
- ތަޢުލީމީ ފެންވަރު.
- ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
|
ސުންގަޑި:
|
މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު 2016 މޭ 08 ވާ އާދީއްތަ ދުވަހުގެ 15:00 ގެކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ).
|
އިތުރު މަޢުލޫމާތު
|
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތު ވެއްޖެނަމަ ފޯމު ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް
ފޯނު ނަންބަރު: 3312694، 3328443
ފެކްސް ނަންބަރު: 3313727
އީ މެއިލް: [email protected]
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭހެން އޮތް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ.(އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.
- ނެގި ފަހުން 03 މަސްނުވާ އިސްކޮޅު ހަމައަށް ފެންނަ ހުރި ފޮޓޯއެއް.
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.
(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަން ވާނީ ފޯމާއެކު ހީރަސްޖަހައި ކުރެވި ސަފުހާ ނަންބަރު ޖަހާފައެވެ.)
|
19 ރަޖަބު 1437
|