މި ސަރވިސްގެ ނަންބަރު (IUL)167-HR/167/2016/13 އިޢުލާނާ ގުޅިގެން އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައިނުވާތީ، އެ މަޤާމަށް އަލުން ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ހޯދުމަށް އިޢުލާން ކުރަމެވެ.
|
މަޤާމު
|
މުދިމު
|
ރޭންކު
|
ސަޕޯޓް ސަރވިސް އޮފިސަރ 2
|
ކްލެސިފިކޭޝަން
|
ސަޕޯރޓް ސަރވިސް
|
މުސާރަ
|
-/4,170 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/3,500 ރުފިޔާ
|
ނޮންޕްރެކްޓިކްސް
|
މުސާރައިގެ %45
|
ބޭނުންވާ އަދަދު
|
01
|
މަސައްކަތް ކުރަންޖެހޭ ތަން:
|
މާފުށި ޖަލު
|
ޝަރުޠު:
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:
- މުދިމުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
- ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 03 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
- ކޮންމެ ނަމާދެއްގެ ވަގުތު ޖެހުމުގެ ކުރިން މިސްކިތަށް ގޮސް މިސްކިތުގެ ކަންކަން ބަލައި ރަނގަޅު ކުރުމަށްފަހު ނަމާދު ވަގުތު ޖެހުމުން ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުން.
- ހުކުރު ނަމާދު ކުރުން.
- މިސްކިތް ސާފުކޮށް ބެލެހެއްޓުން.
- މިސްކިތުގައި މަރާމާތު ކުރަންޖެހޭ ތަނެއް ހުރިނަމަ ކަމާބެހޭ ފަރާތްތަކަށް އެކަން އަންގައި ހައްލު ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް
|
- އުމުރުން 25 އަހަރާއި 45 އަހަރާ ދެމެދުގެ މީހަކަށްވުން
- ތަޢުލީމީ ފެންވަރު.
- ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
|
ސުންގަޑި:
|
މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު 2016 މޭ 08 ވާ އާދީއްތަ ދުވަހުގެ 15:00 ގެކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ).
|
އިތުރު މަޢުލޫމާތު
|
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށައަޅުއްވާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ޞައްޙަ ނޫންކަމަށް ސާބިތު ވެއްޖެނަމަ ފޯމު ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް
ފޯނު ނަންބަރު: 3312694، 3328443
ފެކްސް ނަންބަރު: 3313727
އީ މެއިލް: [email protected]
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ފެންނާނޭހެން އޮތް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ.(އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ )
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.
- ނެގި ފަހުން 03 މަސްދުވަސް ހަމަނުވާ އިސްކޮޅު ހަމައަށް ފެންނަ ގޮތަށް އޮތް ފޮޓޯއެއް.
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.
(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަން ވާނީ ފޯމާއެކު ސްޓޭޕްލް ކުރެވިފައެވެ.)
|
19 ރަޖަބު 1437
|