ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް މާރސްޓަސް ޕްރޮގްރާމް އިން ޕަބްލިކް ހެލްތުގެ ދާއިރާއިން ކިޔެވުމުގެ ފުރުޞަތު

އިޢުލާން

އިންޑޮނޭޝިޔާގެ ޔޮގްޔަކަރޓަރގައި ހުންނަ, ޔުނިވަރސިޓަސް ގަދްޖަރ މަޑަރ (ޔޫ.ޖީ.އެމް) ގެ ފެކަލްޓީ އޮފް މެޑިސިންގައި ހިންގާ އިންޓަރނޭޝަނަލް މާރސްޓަސް ޕްރޮގްރާމް އިން ޕަބްލިކް ހެލްތުގެ ދާއިރާއިން 10 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ޑަބްލިއު.އެޗް.އޯ އިންވަނީ އަންގަވާފައެވެ. މި ކޯހަކީ 2 އަހަރުދުވަހުގެ ކޯހެއްކަމަށްވެސް އެފަރާތުން ވަނީ އަންގަވާފައެވެ.

ވީމާ، މި ކޯސްތަކުގައި އަމިއްލަގޮތުން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާބެހޭ އިތުރު މަޢުލޫމާތާއި، އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ މަޢުލޫމާތު ތިރީގައިވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އޮންލައިން އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 30 އެޕްރީލް 2016 އެވެ. މި ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖޭގެ ކެންޑިޑޭޓަކަށް ފުރުޞަތު ލިބިއްޖެނަމަ، ރާއްޖެއަށް ޚިދުމަތްކުރުމަށް ބޮންޑް ކުރެވޭނެއެވެ.

http://um.ugm.ac.id/v.2015.2/foreign/idx.php and choose “Masters of Public Health”

 please send the online form to [email protected]

މީގެ އިތުރުން ކޯހާ ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ތިރީގައިވާ މި ޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.

www.dhe.gov.mv

 
26 އޭޕްރިލް 2016
ހޯދާ