އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު: 

މި ސްކޫލުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ   

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އޮތް އޮފީސް:

އުނގޫފާރު ސްކޫލް، ރ. އުނގޫފާރު

މަސައްކަތް ކުރަންޖެހޭ ތަން/ ސެކްޝަން:

އުނގޫފާރު ސްކޫލް/ އެޑްމިނިސްޓްރޭޝަން  

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

މުސާރަ:

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

1- އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަތީ  ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'އީ'  ގްރޭޑް  ލިބިފައިވުމުގެ  އިތުރުން،  ހަޔަރ  ސެކަންޑްރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ސްޓޮކުގައި ހުރި އަދަދުތައް ބަލައި ޗެކުކުރުމާއި، ސްޓޮކަށް މަދުވާ ތަކެތި ދުވަހުން ދުވަހަށް ހޯދުން.

2-  ތަކެއްޗަށްއެދޭ ފޮތުގައި ލިޔެ ތަކެއްޗަށް އެދުމާއި، ތަކެތި ހޯދަން ހުއްދަ ހޯދުން.

3- ސްކޫލަށް ބޭނުންވާ ތަކެތި އަގުބަލައިގެން ހޯދުން.

4- ތަކެއްޗަށް އޯޑަރުކުރުން.

5- ސްކޫލުގެ އެންމެހައި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން (ސްޓާފުންގެ ޕްރޮފައިލްތައް)

6- ސްކޫލުގައި ބޭއްވޭ އެންމެހައި ބައްދަލުވުންތަކާއި ޖަލްސާތަކަށް ހޯލު ނުވަތަ ހަމަޖެހިފައިވާ ތަނެއް، ޖަލްސާ ފެށުމުގެ 30 މިނިޓުގެ ކުރިން ތައްޔާރުކުރުން.

7- ސްކޫލަށް ލިބޭ އެންމެހައި ތަކެތި، ސްކޫލުގެ އިންވެންޓްރީއަށް އެރުވުން.

8- ސްކޫލުގެ އިންވެންޓްރީގައި ހިމެނޭ ހުރިހާ މެޝިނަރީއާއި އިކްއިޕްމަންޓްތައް މަސައްކަތު މީހުންލައްވައި ސާފުކުރުވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  • މަސައްކަތުގެ ހުނަރާއި، ޤާބިލުކަމުގެ ސިފަތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތީލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، ގުޅޭނެ ނަންބަރާއެކު (ސީވީ ފޯމެޓް، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ކަނޑައެޅިފައި އޮންނަ ގަވާއިދުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިންޓަވިއުކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށް ފަހުގައެވެ. އެހެންކަމުން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 8 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނެތަނެއް ފަހުން އެންގޭނެއެވެ.

- މި މަޤާމަށް އިންޓަވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ، މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ، ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން މި ސްކޫލަށް ފޯމު ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6580262 ނަންބަރު ފޯނާއެވެ.
  • ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއެކު ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައިނުވާނަމަ، އެ ފޯމު ބާޠިލްކުރެވޭނެއެވެ.

19 ރަޖަބު 1437

26 އޭޕްރިލް 2016
ހޯދާ