މަޤާމު
|
އެސިސްޓެންޓް ޑިރެކްޓަރ
|
ރޭންކް: އެމް. އެސް 3
|
ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ބާވަތް
|
ކޮންޓްރެކްޓް
|
މުއްދަތު: 01 އަހަރު
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މުސާރަ
|
-/7,035 ރުފިޔާ
|
އިތުރު އިނާޔަތް: ސަރވިސް އެލަވަންސް: -/2000 ރ
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން
|
ކީރިތި ޤުރްއާނާއިބެހޭ މަރްކަޒު- ކޯޕަރޭޓް ސެކްޝަން، އެޑްމިން އެންޑް ޕްރޮކިއުމަންޓް ޔުނިޓް
|
މަޤާމުގެ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- އޮފީހުގެ މަޤުޞަދުތަކާއި، ރާވާފައިވާ ސްޓްރެޓަޖީތަކާ އެއްގޮތަށް އެޑްމިން އެންޑް ޕްރޮކިއުމަންޓު ޔުނިޓްގެ މެންޑޭޓްގައިވާ މަސައްކަތްތައް ކުރުމާއި ކުރުވުން
- އެޑްމިން އެންޑް ޕްރޮކިއުމަންޓު ޔުނިޓުގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގައި ބެލެހެއްޓުމުގައި އެކިއެކި އިންތިޒާމުތައް ކުރުމާއެކު އެކަންކަން ހިންގުން
- މަރުކަޒުގެ މެއިންޓެނެންސް އަދި ސެކިއުރިޓީއާގުޅޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
- އެޑްމިން އެންޑް ޕްރޮކިއުމަންޓު ޔުނިޓުން ދޭ ޚިދުމަތްތަކުގެ ދާއިރާތައް ކުރިއަރުވައި ތަރައްޤީކުރުމާއި، އެ ޚިދުމަތްތަށް އަވަސްވާނެ ގޮތަށް ކަންތައްތައް ރޭވުން
- އެޑްމިން އެންޑް ޕްރޮކިއުމަންޓު ޔުނިޓްގެ މަސައްކަތާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި ޕްރޮސީޖާރތައް ހަދައި އިޞްލާޙުކޮށް ބެލެހެއްޓުން
- އެޑްމިން އެންޑް ޕްރޮކިއުމަންޓުން އެއްއަހަރުން އަނެއް އަހަރަށް ހަދަންޖެހޭ ބަޖެޓް ހެދުމާއި އަހަރީ ރިޕޯޓަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުން.
- ދަށުން މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުދަލާއި ފައިސާއާ ބެހޭގޮތުން އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، އަދި މިނޫންވެސް ކަމާ ބެހޭ ޤާނޫނުތަކާއި ގަވާއިދު ތަކާއި އުސޫލުތަކާ އެއްގޮތަށް އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން
- އެޗް.އާރ އެންޑް ފައިނޭންސް ޔުނިޓް ހިންގުމާ ޙަވާލުވާންޖެހޭ ޙާލަތްތަކުގައި އެކަމާ ގުޅުންހުރި އެންމެހައި މަސައްކަތްތަކެއް ރާވަވި ހިންގައި ބެލެހެއްޓުން.
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު/ މަރުކަޒުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
މި މަޤާމަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު: މި މަޤާމަށް މީހުން ހަމަޖެއްސުމުގައި މަސައްކަތުގެ ދާއިރާއިން ހާސިލުކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެއެވެ. އަދި ޢަރަބި ބަސް ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ސުންގަޑި
- 05 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ކީރިތި ޤުރްއާނާއިބެހޭ މަރްކަޒު
- އިންޓަވިއު އޮންނާނެ ތާރީޚު 5 ދުވަސް ކުރިން އެންގޭނެއެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3335084،3338825 އަށް އަދި ފެކްސް ނަންބަރަކީ 3335086
- އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|