ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އަތޮޅު ކައުންސިލްގެ ރެހެންދި ލޯންޗަށް އިންޖީނު ގަތުމާ ބެހޭ

އިޢުލާނު

ހއ. އަތޮޅު ކައުންސިލްގެ "ރެހެންދި" ލޯންޗަށް އިންޖީނު ގަތުމާ ބެހޭ

ހއ.އަތޮޅު ކައުންސިލްގެ "ރެހެންދި" ލޯންޗަށް ތިރީގައި މިދަންނަވާ ތަކެތި ގެނެސްދީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

Qty

Item-Description

2

Four Stroke Outboard Engine- F250GETX ( With Propeller)

2

Enex Brand Maintenance Free Sealed Battery 100A Marine

2

EXTENSION WIRE HARNESS 2M

2

EXTENSION WIRE HARENESS 8M

1

Fitting Tie Bar Kit (For Twin above 150HP upto 300HP)

2

Large Outboard Motor Filter 25

1

Main Bus Wire (1Ft)

1

Panel Switch Twin (4st)

1

Remote Control – O TYPE (TWIN)

10

RIGGING HOSE BLUE (1FEET)

1

RIGGING KIT WITH METERS- TWIN ( F225,F250)

1

Steering System Single/ Twin above 150HP upto 300HP with wheels

2

TRANSOM FLANGE/BLK

1

TWIN KIT

ވީމާ، މި ތަކެތި ގެނެސްދީ އިންސްޓޯލް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށް ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު

ކަނޑައެޅިފައިވާ ތާރީޚަށް މި އިދާރާއަށް ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި އަންދާސީހިސާބު ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ހއ. އަތޮޅު ކައުންސިލްގެ ރެހެންދި ލޯންޗަށް އިންޖީނު ގެނެސްދީ އިންސްޓޯލް ކޮށްދިނުމާ ބެހޭ" މިގޮތަށް ލިޔުއްވަންވާނެއެވެ.  

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

2016 މޭ  10 ވަނަ ދުވަހުގެ 11:00

 2016 މޭ 19 ވަނަ ދުވަހުގެ 11:00

ކުންފުނި، އިންވެސްޓްމެންޓް، ވިޔަފާރި އަދި އަމިއްލަ ފަރާތެއް ނަމަވެސް މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާއިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި އެ މީހަކު ތަމުސީލުކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް، ވިޔަފާރިއެއް ނުވަތަ އެހެން މީހެއްގެ ބަދަލުގައިކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމުސީލުކުރެވޭނީ އެންމެ ފަރާތަކުންނެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ގަތުމަށް އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ.

  1. ހުށަހަޅާ އަގު      (65 އިންސައްތަ)
  2. މުއްދަތު         (15 އިންސައްތަ)
  3. ޓެކްނިކަލް ކެޕެބިލިޓީ  (10 އިންސައްތަ)
  4. ތަޖުރިބާ         (10 އިންސައްތަ)

18 ރަޖަބު 1437

25 އޭޕްރިލް 2016
ހޯދާ