މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އައްސޭރި ޖަލުގެ މުދިމުގެ މަޤާމަށް މީހަކު ހޯދުން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސަރވިސްގެ ތިރީގައިމިވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

މުދިމު

މަޤާމުގެ ރޭންކް:

ސަޕޯޓް ސަރވިސް އޮފިސަރ 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސަރވިސް

މުސާރަ:

މަހަކު -/4،170 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3،500 ރުފިޔާ

ނޮންޕްރެކްޓިކްސް:

މުސާރައިގެ % 45

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

އައްސޭރި ޖަލު

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. މުދިމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  2. ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  3. ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޮންމެ ނަމާދެއްގެ ވަގުތު ޖެހުމުގެކުރިން މިސްކިތަށް ގޮސް، މިސްކިތުގެ ކަންކަން ބަލައި ރަނގަޅުކުރުމަށްފަހު ނަމާދު ވަގުތު ޖެހުމުން ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން.
  • ހުކުރު ނަމާދު ކުރުން.
  • މިސްކިތް ސާފުކޮށް ބެލެހެއްޓުން.
  • މިސްކިތުގައި މަރާމާތުކުރަންޖެހޭ ތަނެއް ހުރިނަމަ، ކަމާބެހޭ ފަރާތްތަކަށް އަންގައިގެން އެކަން ޙައްލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންކަން:

  • އުމުރުން 25 އަހަރާއި 45 އަހަރާ ދެމެދުގެ މީހަކަށްވުން.
  • ތަޢުލީމީ ފެންވަރު.
  • ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމާއި، ވަނަވަރާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު، 2016 މޭ 3 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުން އެދެމެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސަރވިސްގެ www.corrections.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ނެގިފަހުން 3 (ތިނެއް) މަސްދުވަސްނުވާ، އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ، ލައިލަންސްގެ ކޮޕީ.

(ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާފައެވެ.)

އިތުރު މަޢުލޫމާތު:

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.
  • ހުށަހަޅާފައިވާ ލިޔެކިއުންތައް ޞައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމު ބާޠިލްކުރެވޭނެއެވެ.
  • އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ފޯން ނަންބަރ: 3312694 ނަންބަރު ފޯނަށް ނުވަތަ 3328443 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3313727 އެވެ. އީ މެއިލް އެޑްރެހަކީ،  [email protected] އެވެ.

 14 ރަޖަބު 1437

25 އޭޕްރިލް 2016
ހޯދާ