މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ބާޠިލުކޮށް، ދެވަނަ ފަހަރަށް އިޢުލާންކުރުން

އިޢުލާން

މިމިނިސްޓްރީން ކުރި ނަންބަރު: (IUL)101- AF/1/2016/43 (29 މާރިޗު 2016) އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.

މިމިނިސްޓްރީގެ ދަށުން ޤާއިމުކޮށްފައިވާ ޅ. ނައިފަރު ބިޒްނަސް ސެންޓަރ އޮފީސް އިމާރާތް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ބޭނުންވާތީ، މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމާބެހޭ ތަފުސީލު ތިރީގައި މިވަނީއެވެ.

  1. އޮފީސް އެޑްރެސް: ފާދިއްޕޮޅު އަތޮޅުގެ / ޅ. ނައިފަރު
  2. މަސައްކަތްކުރަންޖެހޭ ގަޑިތައް: ހެނދުނު 08.00 މެންދުރު 12:00 (މަޝްވަރާ ކުރުމަށްފަހު ދެ ފަރާތުން އެއްބަސްވާ ގޮތަށް ގަޑިތައް ބަދަލުކުރެވިދާނެ)
  3. މަސައްކަތުގެ މުއްދަތު: 31 ޑިސެންބަރު 2016 ގެ ނިޔަލަށް
  4. ކުރަންޖެހޭ މަސައްކަތް:

    - އޮފީސް ހުޅުވާ ގަޑިއަށް އައިސް އޮފީސްތެރެ ކުނިކަހައި ފޮޅައި ސާފުކުރުން

    - އޮފީސް ފާޚާނާ ސާފުކުރުން

    - ހަފުތާއަކު ތިން ދުވަހު އޮފީހުގެ ތެރޭގައި މޮޕްލުން

    - ކުނިވަށިގަނޑުތައް ހުސްކޮށް ކުނި އުކާލުން

    - ހަފުތާއަކު އެއްފަހަރު ބިއްލޫރިތައް ފޮހެ ސާފުކުރުން

    - މަހަކު އެއްފަހަރު ފަންކާ ފޮހެ، ފާރުތައް ފޮޅައި ސާފުކުރުން

އަގު ހުށަހެޅުން.

  1. ހުރިހާ އަގެއް ހުންނަންވާނީ ދިވެހިރުފިޔާއިންނެވެ.
  2. އަގު ހުށަހަޅާނީ ދުވާލަކަށްޖެހޭ އަގެވެ.

މާކްސް ދެވޭގޮތުގެ ތަފުސީލު:

  1. ބިޑް އިވެލުއޭޓް ކުރާނީ މިމިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީން ނިންމާ ފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  3. ބިޑަށް މާކްސް ދެވޭނީ ތިރީގައިވާ ގޮތަށެވެ.

އަގަށް

90

  • ހުށަހަޅާފައިވާ އަގަށް ދޭ މާކްސް

މާކްސް ދެވޭނީ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

ތަޖްރިބާ

10

  • ވަޒީފާއަށް މީހުން ހޮވުމުގައި މިދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިބަޔަށް މާކްސް ދެވޭނީ ތަޖުރިބާގެ ގޮތުން މިކަހަލަ މަސައްކަތްތައް ކޮށްފައިވާކަމުގެ ލިޔުންތަކަށެވެ.
  1. ބިޑް އިވެލުޝަނަށްފަހު އެއްވެސް ޝަކުވާއެއް ވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު 09 މޭ 2016 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޅ. ނައިފަރު ބިޒްނަސް ސެންޓަރަށް ހުށަހަޅަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީހިސާބުތައް ހުށަހަޅަންވާނީ މިނިސްޓްރީން އަންދާސީހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ފޯމާއެކުގައެވެ. މިގޮތުން ފޯމު ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ޅ. ނައިފަރު ބިޒްނަސް ސެންޓަރ

ޅ. ނައިފަރު، ދިވެހިރާއްޖެ

އަންދާސީހިސާބު ހުށަހަޅާ ފޯމު ޅ.ނައިފަރު ބިޒްނަސް ސެންޓަރުން ލިބޭނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެއެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6620350 އަށް ގުޅުއްވުން އެދެމެވެ.

‏19‏ ރަޖަބު‏ 1437

26 އޭޕްރިލް 2016
ހޯދާ