ދިވެހިރާއްޖެ
އިޢުލާން
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން
ސ.ހިތަދޫ ކެމްޕަހުގައި، މި ފެކަލްޓީގެ ފަރާތުން ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ. ލެކްޗަރަރުން ބޭނުންވާ މާއްދާތައް ތިރީގައި މިވަނީއެވެ.
ބެޗްލަރ އޮފް އާޓްސް އިން ދިވެހި ލެންގުވިޖް
މާއްދާތައް |
ބޭނުންވާ އަދަދު |
ލިޓްރޭޗަރ 3: ޑްރާމާ |
1 |
އެޑްވާންސްޑް ރައިޓިންގ އެންޑް ރެޓޮރިކްސް |
1 |
އެޑްވާންސްޑް ސެޓުފިކެޓު އިން ލެންގުވިޖް ޔޫޒް
މާއްދާތައް |
ބޭނުންވާ އަދަދު |
ޕާސަނަލް އެފެކްޓިވްނަސް އެންޑް އެސެންޝިއަލް ސޯޝިއަލް ސްކިލްސް |
1 |
ސިޓިޒަންޝިޕް އެޑިޔުކޭޝަން |
1 |
ދިވެހި 2 |
1 |
ލެކްޗަރަރުންނަށް ހޮވިވަޑައިގަންނަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ކެމްޕަހުގައެވެ.
ޝަރުޠު: މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
އުޖޫރަ: - ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ
- މާކުކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނު ކަރުދާހަކަށް -/35 ރުފިޔާ
ވީމާ، ސ.ހިތަދޫ ކެމްޕަހުގައި ކިޔަވައިދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 05 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސ.ހިތަދޫ ކެމްޕަހަށް ސިޓީ ފޮނުއްވުން އެދެމެވެ.
އެޕްލިކޭޝަނާއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް:
- ކޯސް ނިންމި ކަމުގެ ލިޔުންތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3345177 ނުވަތަ 3345179 ނަންބަރާ ގުޅުއްވުން އެދެމެވެ.
14 ރަޖަބު 1437