ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ހޯދުމަށް

އިޢުލާން

ފ.ނިލަންދޫގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްކުރުމަށްޓަކައި ½1 (ދޮޅު ޓަނުގެ) ޕިކަޕެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: 374-C/2016/31 (5 އެޕްރީލް 2016) އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

1 ޕިކަޕު ½1 (ދޮޅުޓަނުގެ)

ވީމާ، ޕިކަޕު ގެނެސްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 02 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 5 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ކުންފުންޏެއްގެ ފަރާތުން ވަޑައިގަންނަވާނަމަ، މައުލޫމާތު ސާފުކުރުމުގެ 1 (އެކެއް) ގަޑިއިރުކުރިން އެކަން ބަޔާންކޮށް، މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތެއްގެ މަޢުލޫމާތު ލިޔުމުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކާއި، މަޢުލޫމާތު ފުރިހަމަކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމަ އަންދާސީހިސާބު ހުށަހެޅުމުގެ 1 (އެކެއް) ގަޑިއިރުކުރިން އެކަން ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ސޮޔާއެކު މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ މި އިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި، ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ.ނިލަންދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ½1 (ދޮޅުޓަނުގެ) ޕިކަޕެއް ގެނެސްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މި ތަކެތި ގެނައުމަށް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިވަނީއެވެ.

1. ހުށަހަޅާ އަގު: %60

2. މުއްދަތު:  %20

3. މާލީތަނަވަސްކަން: % 10

4. ތަޖުރިބާ:  % 10    

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.                   

13 ރަޖަބު 1437

20 އޭޕްރިލް 2016
ހޯދާ