ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް ބޭނުންވާ ބައެއް ތަކެތި ހޯދުމާބެހޭ:
މި އިދާރާއަށް ތިރީގައި މި ދަންނަވާ ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
އަދަދު |
ތަފުސީލު |
3 |
ރޯލް ސަޕްލައި ރައުންޑް ކޭބަލް 6 ސެކެއަރ އެމްއެމް، 2 ކޯ، 100 މީޓަރުގެ. |
11 |
ރޯލް ސަޕްލައި ރައުންޑް ކޭބަލް 11 ސެކެއަރ އެމްއެމް، 2 ކޯ، 100 މީޓަރުގެ. |
20 |
ފޮޓޯސެލް 10 އެމްޕިއަރގެ |
އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތުގެ ތަފުސީލު ތިރީގައި އެވަނީއެވެ.
މާކްސް ދެވޭ ކްރައިޓީރިޔާ |
މާކްސް ދެވޭނެ ގޮތް |
ތަފުސީލު |
އަގު |
% 90 |
* ޚިދުމަތުގެ އަގަށް ދޭ މާކްސް * މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. * މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަށެވެ. |
ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު |
% 10 |
* ތަކެތި ފޯރުކޮށްދެވޭނެ މުއްދަތަށް ދޭ މާކްސް * މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ މުއްދަތުތަކުގެ ތެރެއިން އެކަށީގެންވާ އެންމެ ކުރުމުއްދަތެއް އެއީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % (އިންސައްތަ) * މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެކަށީގެންވާ އެންމެ ކުރުމުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާނެ ފަރާތަކަށެވެ. |
މިކަމަށް ކުރިމަތިލެއްވޭނީ ވިޔަފާރި އުސޫލުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. ވީމާ، މި އިދާރާއަށް މިތަކެތި ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 2 ވާ ހޯމަ ދުވަހުގެ 13:00 އަށް، މަތީގައި ބަޔާންކޮށްފައިވާ ތަކެތި ވިއްކޭނެ އަގާއި މުއްދަތު ބަޔާންކޮށް ސިޓީ ހިފައިގެން ކައުންސިލް އިދާރާއަށް ދުރުވުމަށް ދަންނަވަމެވެ. ސިޓީ ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ކައުންސިލު އިދާރާއަށް ކޭބަލް ވިއްކުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ. މި ސިޓީއުރަތައް ކަނޑާނީ ސިޓީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6520042 ފޯނާ ގުޅުއްވުން އެދެމެވެ.
14 ރަޖަބު 1437