މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1437 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ހުއްދަ ދިނުމާބެހޭ

ނޫސްބަޔާން

1437 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ހުއްދަ ދިނުމާބެހޭ

1437 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު، މި އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދަ، 80 ކޯޓާގެ މަގުން، ތިރީގައިވާ 5 ކުންފުންޏަށް އެ ކުންފުނިތަކުން ހުށަހެޅި އަގުގައި މި ހިނގާ އޭޕްރިލް މަހުގެ 21 ވީ ބުރާސްފަތި ދުވަހު ވަނީ ހުއްދަ ދޫކޮށްފައެވެ.

ކުންފުނީގެ ނަން

އިކޮނޮމިކް ޕެކޭޖް

ބިޒްނަސް ޕެކޭޖް

ވީ.އައި.ޕީ ޕެކޭޖް

ކޯޓާގެ އަދަދު

ގުޅޭނެ ނަންބަރު

ޒަޢީ ޙައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑް

-/69965 ރ

-

-

80

3322622

އެކްރޯ ޕްރައިވެޓް ލިމިޓެޑް

-/69975 ރ

-/74975 ރ

-/79975 ރ

80

3318060

މިނާ ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް

-/69965 ރ

-/90656 ރ

-/112129 ރ

80

3347877

އަލްޙަރަމައިނި ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

-/57999 ރ

-/65000 ރ

-

80

3323757

ސިސިލްފަރު ޙައްޖު އެންޑު ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

-/69969 ރ

-

-

80

3328122

މި ހުއްދައިގެ ދަށުން ޙައްޖުގެ ހުއްދަ ލިބުނު ކުންފުނިތަކުން 14 ދުވަހުގެ ތެރޭގައި ޙައްޖުގެ ކަންކަން އިންތިޒާމުކުރާ އޮފީހެއް ޤާއިމު ކުރަން ޖެހެއެވެ. އަދި ޙައްޖަށް ގެންދިއުމަށްޓަކައި އާންމު ރައްޔިތުންގެ އަތުން ފައިސާ ބަލައިގަންނަންޖެހޭނީ މިދެންނެވި އޮފީސް ގާއިމުކުރުމަށްފަހު، 2016 މޭ 8 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. އަދި ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާގޮތުގެ މަތީން ޙައްޖަށް ގެންދިއުމަށް ފައިސާ ބަލައިގަތުމުގައި ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ކޮންމެ ކުންފުންޏަކަށް ލިބޭ ޙައްޖު ކޯޓާގެ %90 (ނުވަދިހަ އިންސައްތަ) ޚާއްޞަކުރަން ވާނެއެވެ.

ޙައްޖަށް ދާން އެދޭ ފަރާތުން ކުންފުންޏަށް ފައިސާ ދައްކާނީ ދިވެހިރުފިޔާއިން އެ ކުންފުންޏަކުން ޙައްޖުގެ ފައިސާ ޖަމާކުރުމަށް ޚާއްޞަ ކޮށްފައިވާ އެކައުންޓަށް ފައިސާ ޖަމާ ކޮށްގެންނެވެ. މި އެކައުންޓަށް ފައިސާ ޖަމާ ކުރުމަށްފަހު އެކައުންޓަށް ފައިސާ ޖަމާކުރިކަން އަންގައިދޭ ސްލިޕު ކުންފުންޏާ ޙަވާލު ކުރުމާއެކު އެ ކުންފުންޏަށް ފައިސާ ދެއްކިކަމުގެ ރަސީދެއް ފައިސާ ދެއްކި ފަރާތުން ހޯދަންވާނެއެވެ. ހަމަ އެހެންމެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތް ރަޖިސްޓްރީ ކުރުމަށްފަހު، ޙައްޖަށް ދާން އެދޭ ފަރާތާއި ކުންފުންޏާ ދެމެދު ސޮއިކުރަންޖެހޭ އެއްބަސްވުމުގައި ސޮއިކުރަން ވާނެއެވެ.

ޙައްޖަށް ގެންދިއުމަށް ހުށަހަޅާފައިވާ އަގަށް ޙައްޖަށް ގެންދާ ޙާޖީންނަށް ދޭން ކަނޑައަޅާފައިވާ ޚިދުމަތްތައް މި މިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ގޮތަށް ފޯރުކޮށްދޭން ވާނެއެވެ. އަދި ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކުން ގްރޫޕުން ދިނުމަށް ހުށަހަޅުއްވާފައިވާ އަގުގައި އެ ޚިދުމަތްތައް ލިބިގަތުމަށް އިލްތިމާސް ކުރަމެވެ. އަދި ފައިސާ ނެގުމުގައާއި ޚިދުމަތް ލިބުމުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެފަދަ ފަރާތްތަކުން މި މިނިސްޓްރީއަށް އެކަން ހުށަހެޅުމަކީ ޙައްޖަށް ދާން އެދޭ ފަރާތުގެ ޒިންމާއެކެވެ.

މިގޮތުން ގްރޫޕްތަކުން ޙައްޖުވެރިންނަށް ދޭނެ ކަމަށް ޕްރޮޕޯސަލުގައި ބަޔާންކުރި ޚިދުމަތްތަކާއި އަގުތައް މި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢު ކުރެވިފައި ވާނެއެވެ.

ވީމާ، 1437 ވަނަ އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ބެހޭ އުސޫލުގައި ބަޔާން ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

17 ރަޖަބު 1437

24 އޭޕްރިލް 2016
ހޯދާ