ދިވެހިރާއްޖެ
މާސްޓާރސް އިން އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް އެސެސްމަންޓް) ރާއްޖޭގެ ސުކޫލުތަކުގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މި ޑިޕާޓްމަންޓާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން މާސްޓާރސް އިން އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް އެސެސްމަންޓް)ގެ ނަމުގައި ކޯހެއް ފަރުމާކޮށް، މި އަހަރުގެ ދެވަނަ ސެމިސްޓަރގައި މި ކޯސް ފެށުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެއެވެ. މި ކޯހުގެ މުއްދަތަކީ 3 ސެމެސްޓަރެވެ. އަދި މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ފުލްޓައިމުކޮށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ މާލޭ ކެމްޕަހުގައެވެ. މި މާސްޓަރސް ކޯހުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ސުކޫލުތަކުގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް، ދަރިވަރުންގެ ފެންވަރު ވަޒަންކުރާނެ އެންމެ ފަހުގެ ގޮތްތައް ދަސްކޮށްދިނުމާއެކު ތަޢުލީމުގެ ތަފާސްހިސާބުތައް ޢިލްމީ ގޮތެއްގައި ހޯދައި ޝާއިޢު ކުރެވޭނެ ޤާބިލުކަން، ސްކޫލުތަކުގެ ފަންނީ މުއައްޒަފުންގެ ކިބައިގައި އަށަގެންނެވުމެވެ. މި ކޯހުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ޓީޗަރ (ދާއިމީ) އާއި މާލެއިން ދެ ޓީޗަރ (ދާއިމީ) އާ އެކު ޖުމުލަ 22 ބައިވެރިއަކަށް، ކޯހުގެ ޓިއުޝަންފީކަމަށްވާ =/24000 (ސައުވީސް ހާސް) ރުފިޔާ ހިލޭ ކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ ޕެއިޑް ލީވް އުސޫލުގެ ތެރެއިން މި 22 ބައިވެރިންނަށް ކޯހުގެ މުއްދަތަށް ޕެއިޑް ލީވް ހަމަޖައްސައި ދެވޭނެއެވެ. މަތީގައި ދެންނެވުނު ފަރާތްތައް ހޮވުމުގައި ހުރިހާ އަތޮޅަކަށް (މާލެއާއި އަތޮޅުތައް ވަކިން) ބަހާލެވޭ ފަދަ ގޮތަކަށް ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް އިސްކަންދެވޭނެއެވެ. އަދި އަތޮޅަކުން އެއް ބޭފުޅަކަށްވުރެ ގިނައިން މި ފުރުޞަތަށް އެދި ކުރިމަތި ލައްވައިފިނަމަ އެ އަތޮޅެއްގެ ބައިވެރިއަކު ކަނޑައެޅުމުގައި ލިބިފައިވާ ތަޢުލީމީ ސަނަދުތަކާއި މަސައްކަތުގެ ތަޖުރިބާއަށް ބެލޭނެއެވެ. މިގޮތުން ލިބޭ ޕޮއިންޓް އެއްވަރުވާނަމަ އެފަރާތެއް ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ. ވީމާ މި ކޯހުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 5 މޭ 2016 ގެ 14:00 ގެ ކުރިން އެ ބޭފުޅަކު ނިސްބަތްވާ ރަށެއްގެ ސްކޫލަކަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކަށް ވަންނަން އެދޭ ފޯމު ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ޝަރުޠު:
އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 3341140 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ސުންގަޑި: ޝަރުޠު ހަމަވާ ފަރާތްތަކުން 2016 މޭ 5 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު އެބޭފުޅަކު ނިސްބަތްވާ ރަށެއްގެ ސްކޫލަކަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ. އަދި މާލެއިން ނަމަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކައުންޓަރ (ވެލާނާގެ 8 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވަންޖެހޭ ތަކެތި:
|