އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލައާއި ދަވާދުލައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އއ. އަތޮޅު ކައުންސިލު އިދާރާގައި ކުލައާއި ދަވާދުލުން:

މި ކައުންސިލް އިދާރާގައި ކުލައާއި ދަވާދު ލުމާއި، އިންފާރާއި، ކައުންސިލު އިދާރާގެ ގޯތިތެރޭގައި ހުރި ޕާކުގެ ފާރުތަކުގައި ކުލަލައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)233-ADS/233/2016/4 (9 މާރިޗު 2016) އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް އެއްވެސް ފަރާތަކުން ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި ކައުންސިލު އިދާރާގައި ކުލައާއި ދަވާދުލައި، އިންފާރާއި، ކައުންސިލު އިދާރާގެ ގޯތިތެރޭގައި ހުރި ޕާކުގެ ފާރުތަކުގައި، ކުލަލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 28 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 5 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ "އަންދާސީހިސާބު ހުށަހަޅާ" ފޯމުންނެވެ. މަޢުލޫމާތު ސާފުކުރުކުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް ފޯމު ދޫކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ އެވެ. އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.

އަންދާސީހިސާބުތަކަށް ޕޮއިންޓު ދިނުމަށް ކަނޑައެޅިފައިވާ ގޮތް:

މަސައްކަތުގެ އަގު (އެންމެ ކުޑަކޮށް ހުށަހަޅާ އަގަށް)

60 ޕޮއިންޓް

މަސައްކަތުގެ މުއްދަތު (އެންމެ ކުރު މުއްދަތަށް)

20 ޕޮއިންޓް

މަސައްކަތުގެ ތަޖުރިބާ (ހުށަހަޅާ ލިޔުންތަކަށް ބަލާފައި)

20 ޕޮއިންޓް

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 ރަޖަބު 1437

20 އޭޕްރިލް 2016
ހޯދާ