ދިވެހިރާއްޖެ
އިޢުލާން
ތަމްރީނު ހިންގައިދޭނެ ފަރާތެއް ހޯދުން
މި އޮތޯރިޓީގެ މުވައްޒަފުންނަށް ތިރީގައިވާ މައުޟޫޢުތަކަށް ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް، ނުވަތަ އެ މައުޟޫޢުތަކަށް މިހާރުވެސް ހިންގަމުންދާ ތަމްރީނު ޕްރޮގްރާމްތަކުގައި މި އޮތޯރިޓީގެ މުވައްޒަފުން ބައިވެރިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- Formal language (English) Written & spoken
- Presentation skills with Body Language
- Report Writing Skills
- Research Skills (Statistical Analysis)
- Basic and Advance Photoshop & CorelDraw
- Advance Microsoft Excel & Word
- Project Management skills
- Monitoring and Evaluation Skills
ވީމާ، ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 16 މޭ 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް އެކުލަވާލުމުގައި ސަމާލުވާންވީ ބައެއް ނުކުތާތައް
- ކޮންމެ ޕްރޮގްރާމެއް ތައްޔާރުކޮށް ކުރިއަށް ގެންދާނެ ގޮތާއި، ތަމްރީނު ޕްރޮގްރާމް ގިނަވެގެން ހިންގާނެ މުއްދަތު ކަނޑައަޅާނީ ޕްރޮގްރާމް ހިންގާ ފަރާތުންނެވެ. ނަމަވެސް ކޮންމެ ޕްރޮގްރާމަކީ މަދުވެގެން 12 ގަޑިއިރުގެ "ކޮންޓެކްޓް އަވަރސް" ފުރިހަމަކުރާ ޕްރޮގްރާމަކަށް ވާންވާނެއެވެ.
- ތަމްރީނު ހިންގަން ހުށަހަޅާ ފަރާތަކީ، މިފަދަ ތަމްރީނުތައް އެހެން އިދާރާތަކަށް ހިންގައިދީފައިވާ ނުވަތަ މިފަދަ ތަމްރީނުތައް ހިންގުމުގެ ޤާބިލުކަން ހުރި ފަރާތަކަށް ވާންވާނެއެވެ.
- ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދެއްވާ ފަރާތްތަކަކީ، ކަމާ ގުޅުންހުރި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ނުވަތަ ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައިވާންޖެހޭނެއެވެ.
- ތަމްރީނު ހިންގާނެ ކްލާސްރޫމާއި ޕްރޮޖެކްޓަރ އަދި ޕްރޮގްރާމާ ގުޅޭ އެހެނިހެން އިދާރީ ކަންތައްތަކުގެ އިންތިޒާމު ހަމަޖެއްސުމުގެ ހުރިހާ ޚަރަދުތަކަށް ޒިންމާވާނީ ތަމްރީނު ޕްރޮގްރާމް ހިންގާ ފަރާތުންނެވެ.
- ތަމްރީނު ފުރިހަމަ ކުރާ މުވައްޒަފުންނަށް ސެޓުފިކެޓެއް ދިނުން.
ޕްރޮޕޯޒަލްގައި ހިމަނަންވީ ބައިތައް:
- ޕްރޮގްރާމެއް ހިންގުމަށް ބޮލަކަށް ހުށަހަޅާ އަގު
- ޕްރޮގްރާމުގެ ކޮންޓެންޓް
- ޕްރޮގްރާމް ހިންގާނެ ގޮތުގެ ތަފުސީލު
- ޕްރޮގްރާމް ހިންގުމަށް ހުށަހަޅާ ތާރީޚުތަކާއި ވަގުތުތައް
- ޕްރޮގްރާމް ހިންގާ ފަރާތުގެ (ފެސިލިޓޭޓަރ) ސީވީ އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އަންދާސީހިސާބު ހުށަހަޅާ ކުންފުނީގެ ޕްރޮފައިލް (ރަޖިސްޓްރޭޝަން އަދި ޖީއެސްޓީ ސެޓުފިކެޓުގެ ކޮޕީއާއެކު) އަމިއްލަ ފަރާތެއްނަމަ އައި.ޑީކާޑުގެ ކޮޕީ
- މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތައް
ޕްރޮޕޯޒަލްގައި ހިމަނަންޖެހޭނެ ބައިތަކާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް
- ތަމްރީނު ޕްރޮގްރާމުގެ ކޮންޓެންޓް - %30
- ތަމްރީނު ހިންގާ ފަރާތުގެ ކޮލިފިކޭޝަނާއި ތަޖުރިބާ - %30
- ތަމްރީނު ހިންގުމަށް ބޮލަކަށް ހުށަހަޅާ ފީ - %25
- ތަމްރީނު ހިންގަން ފެށުމަށް ހުށަހަޅާ ތާރީޚު - % 15
ނޯޓް: 16 މޭ 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީގެ ރިސެޕްޝަން (ހ.ފުލިދޫގެ، 2 ވަނަ ފަންގިފިލާ) ނުވަތަ [email protected] އީމެއިލަށް ފޮނުވާ ޕްރޮޕޯޒަލް ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް
ފޯން: 3010551
ފެކްސް: 3010552
އީ-މެއިލް: [email protected]
17 ރަޖަބު 1437