މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:  އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)                             ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/4465

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް.3

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް ސެކްޝަން   

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • އެޑްމިނިސްޓްރޭޓިވް ސެކްޝަނާއި މިނިސްޓްރީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ތައްޔާރުކުރުން
  • ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ، މެމޯ، އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރު ކުރުމާއި، ސެކްޝަނުން ފޮނުވާ އަދި ލިބޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ޑިސްޕެޗް ކުރަންޖެހޭ ސިޓީތައް ޖެމްސް މެދުވެރިކޮށް ނަންބަރުޖަހައި ފޮނުވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު

- ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރި މިންވަރު

- ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރި މިންވަރު

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން

ހުށަހަޅަންޖެހޭ ލިޔުންތައް

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)  (ނަމަވެސް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ  ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސް އަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި (ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.)

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 03 މޭ 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި 14:00 އާ ދެމެދު 3339244 ފޯނާ ގުޅުއްވުން އެދެމެވެ.

 

 

24 އޭޕްރިލް 2016
ހޯދާ