|
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
|
މަޤާމު
|
ޑިރެކްޓަރ ޖެނެރަލް
|
|
ރޭންކް
|
އީ. އެކްސް. 5
|
|
ކްލެސިފިކޭޝަން
|
ޑިރެކްޓަރ ޖެނެރަލް
|
|
ބޭނުންވާ އަދަދު
|
01
|
|
މަޤާމުގެ ނަންބަރު
|
J-265836
|
|
ވަޒީފާ އަދާ ކުރަންޖެހޭ ސެކްޝަން / އޮފީހާއި، ރަށް
|
ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/13890ރ
ސަރވިސް އެލަވަންސް: -/2000ރ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)
|
|
ޝަރުޠު
|
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ
2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ
3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާޓުމަންޓުގެ އިސްވެރިޔާގެ ހައިސިއްޔަތުން ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ދަށުގައި ހިމެނޭ އެޑްމިނިސްޓްރޭޓިވް ސެކްޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން، ފައިނޭންސް ސެކްޝަން، ޕްރޮކިއުމަންޓް ސެކްޝަން، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން އަދި ބިލްޑިންގ މޮނިޓަރިންގ އެންޑް މެއިންޓެނަންސް ސެކްޝަންގެ އެންމެހާ މަސައްކަތްތައް ކުރަމުންދާގޮތް ބަލައި ހިންގައި ބެލެހެއްޓުން.
- އޮފީހުގެ މަޤްޞަދުތަކާއި، ރާވާފައިވާ ސްޓްރެޓަޖީތަކުގެ ދަށުން މަސްޢޫލުވާ ސެކްޝަންތަކުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ހަލުވިކަމާއެކު، ނަތީޖާ ހާސިލުވާ ގޮތެއްގައި ޕަރމަނަންޓް ސެކްރެޓަރީގެ ލަފާފުޅާއެކު ހިންގައި ބެލެހެއްޓުމާއި، އިދާރީ ސެކްޝަނުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަންތައްތައް ރޭވުމާއި، ރާވާގޮތުގެމަތިން ކަންތައްތައް ހިނގާތޯ ބެލުމާއި، އެކަންކަން ބެލެހެއްޓުމުގައި ޒިންމާވެ މަސައްކަތް ކުރުމާ ހަވާލުވެހުންނެވި ވެރިއެއްގެ މަސައްކަތް ސުޕަވައިޒްކުރުން.
- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ދާއިރާތަކުގެ މުވައްޒަފުންނަށް، ސިވިލް ސަރވިސްގެ ގަވައިދާ ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން، ވަޒީފާ ދިނުމާއި، ވަކިކުރުމާއި، ބަދަލުކުރުމާއި، މިނޫންވެސް ވަޒީފާއާބެހޭ ހުރިހާކަމެއް އެ ކަންކަން ބެލެހެއްޓުމާ ހަވާލުކުރައްވާފައިވާ ސެކްޝަނުގެ އިސްވެރިޔާގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއެކު މުވައްޒަފުންނަށް އަންގަންޖެހޭ އެންމެހާ ގަވާއިދުތަކާއި އެންގުންތައް ބަރާބަރަށް އަންގަމުންދޭތޯ ބެލުން.
- މިނިސްޓްރީއާއި ދަށުގައިވާ ދާއިރާތަކުގެ މުވައްޒަފުންނަށް، ހިންގޭ އެކިއެކި ޓްރޭނިންގ ޕްރޮގްރާމްތައް ގެންދެވެނީ މުވައްޒަފުންގެ މެދުގައި ހަމަހަމަގޮތެއްގައި ބަހާލެވިގެންތޯ ބަލައި ޔަގީން ކުރުން.
- ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާޓްމަންޓުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަލުވި ކުރުމުގެ މަޤުޞަދުގައި ބޭއްވޭ ސީނިއަރ ސްޓާފް މީޓިންގ ކުރިއަށް ގެންދިއުމާއި، ސެކްޝަންތަކުގެ ކަންތައްތައް ރޭވުމާއި، ރާވާގޮތުގެމަތިން ކަންތައްތައް ހިނގާތޯ ބެލުމާއި، އެކަންކަން ބެލެހެއްޓުމުގައި ޒިންމާވެ މަސައްކަތް ކުރުވަންތިއްބަވާ ސެކްޝަންތަކުގެ ވެރިންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
- މިނިސްޓްރީގެ ބަޖެޓާބެހޭ އެންމެހާ ކަންތައްތައް މާލީ ޒިންމާދާރުވެރިޔާގެ ލަފަޔާއެކު ހިންގައި ބެލެހެއްޓުމަށް ހަވާލުކުރައްވާފައިވާ ފައިނޭންސް ސެކްޝަނުގެ އިސްވެރިޔާ އެމަސައްކަތް ކުރާނުކުރާގޮތް ބަލައި އިޞްލާޙުކުރަންޖެހޭ ކަންކަން އިޞްލާޙުކޮށް ދެއްވަންޖެހޭ ލަފައާއި އިރުޝާދު ވެރިންނަށް ދިނުން. މިގޮތުން މާލިއްޔަތުގެ ގަވާއިދާއި އަދިވެސް ސަރުކާރުގެ ފައިސާއާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި ޤާނޫނުތަކުގައިވާގޮތަށް ބަޖެޓް ސެކްޝަނުގެ މަސައްކަތްތައް ކުރެވެމުންދޭތޯ ޔަގީންކޮށް، ރިވިއުކޮށް ބެލެހެއްޓުން.
- ފައިސާ ބެލެހެއްޓުމާ ބެހޭގޮތުން ސަރުކާރުން ހަމަޖައްސާފައިވާ އުސޫލުތަކާ އެއްގޮތަށް ފައިސާގެ ކަންތައްތައް ބަލަހައްޓަމުންދޭތޯ ބެލުމާއި، މިނިސްޓްރީއަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ސަރުކާރުގެ ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއެކު، ޖަމާކުރެވެމުންދޭތޯ ސެކްޝަނުގެ އިސްވެރިޔާ ބައްލަވަމުންގެންދޭތޯ ބަލައި އެކަންކަން ސުޕަވައިޒްކުރުން. މިނިސްޓްރީގެ ފައިސާއާއި ހިސާބުތައް ޚުލާޞާކޮށް މާލީޒިންމާދާރުވެރިޔާއަށް ގަވާއިދުން އަންގަމުން ގެންދިއުން.
- ޕްރޮކިއުމަންޓް ސެކްޝަނާއި އެސްޓިމޭޓް ކޮމިޓީގައި ހިންގާ އެންމެހާ މަސައްކަތްތައް ހިންގައި ސުޕަވައިޒްކޮށް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ސެކްޝަނުގެ އިސްވެރިޔާގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
- މިމިނިސްޓްރީގެ މެންޑޭޓްގައިވާ އެންމެހައި މަސައްކަތްތައް ހާސިލުކުރުމަށްޓަކައި އިދާރީ ސެކްޝަން އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަނުން ކުރަމުންގެންދާ މަސައްކަތްތައް ވަރުގަދަކޮށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
|
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތައުލީމާއި ތަމްރީނު.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ތެދުވެރިކަމާއި، ރަނގަޅަށް މުއާމަލާތް ކުރުމުގެ ހުނަރާއި އެކަށީގެންވާ ރަނގަޅު ލީޑަރޝިޕް ސްޓައިލެއް ހުރުން.
- ވިސްނުންތޫނުކަމާއި ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.
|
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 09 މޭ 2016 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން.
|
|
އިންޓަރވިއު ކުރުން، ޕްރެޒެންޓޭޝަން ދިނުން އަދި ޕްރަކްޓިކަލްސް ހެއްދުން
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަރވިއު، ޕްރެޒެންޓޭޝަން ދިނުން އަދި ޕްރަކްޓިކަލްސް ހެއްދުން އޮންނާނީ 2016 މޭ - ޖޫންމަހުގެ ތާރީޚެއްގައި މާލޭގައެވެ. އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރަކްޓިކަލްސް ބޭއްވޭނެތަން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ފަހުން އެންގޭނެއެވެ.
- އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރަކްޓިކަލްސް އަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004340 ނުވަތަ 3004343 ފޯނަށް ގުޅުއްވުން އެދެމެވެ.
|
|
13 ރަޖަބު 1437
|