ދިވެހިރާއްޖެ
ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖުލައި 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 2016 އޭޕްރީލް 24 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ
މާސްޓަރ އޮފް ލޯ
މުއްދަތު: ފުލްޓައިމް އިވްނިންގ 1 އަހަރު (2 ސިމެސްޓަރ) – ހަވީރު 15:00 ގެ ފަހުން ކިޔަވައިދޭގޮތަށް
ޖާގަ: 15 (ޖުމުލަ)
ކޯސް ހިންގާ ކެމްޕަސް: ކ.މާލެ
ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:
ހ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ނޯޓް: އިނގިރޭސި މީޑިއަމްއިން ދަށްވެގެން އަންޑަރ ގްރެޖްއޭޓް ފެންވަރަށް ކިޔަވައިފައިނުވާނަމަ އައި.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ހޯދާފައިވުން ނުވަތަ ޖީސީއީ އޯލެވެލް/ އައި.ޖީ.ސީ.އެސް.އީ އިނގިރޭސިން ދަށްވެގެން ސީ ފާސް ލިބިފައިވުން.