އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ

ވަޒީފާގެ ފުރުޞަތު

މަޤާމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ޚުލާޞާ: ހޮސްޕިޓަލުގެ ވެހިކަލްތައް ދުއްވައި، އެ ތަކެތި ސާފުކޮށް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި

މަޤާމުގެ ޝަރުޠު:

  • މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވުން.
  • މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގެ ޒިންމާތައް:

  • ހޮސްޕިޓަލުގެ ދުއްވާ އެއްޗެހި ދުއްވުމުގައި ގަވާއިދަށާއި މަގުމަތީގެ ސަލާމަތަށް ސަމާލުކަން ދީގެން ދުއްވުން.
  • ހޮސްޕިޓަލުގެ ދުއްވާ އެއްޗެހި ރަނގަޅަށް ފޮހެ ސާފުކުރުމާއި ހުރިހާ ވެހިކަލްތަކެއް ދޮވުން.
  • ހޮސްޕިޓަލުގެ ހުރިހާ ވެހިކަލްތަކުގެ ދަތުރުތަކާއި ތެލުގެ ހިސާބުތައް ލޮގު ފޮތުގައި ލިޔެ ބެލެހެއްޓުން.
  • އެކިއެކި ބޭނުމަށް ހޮސްޕިޓަލުން މާލެއަށް ގެންދަންޖެހޭ ތަކެތި މާލެ ގެންދިއުމާއި މާލެއިން ހޮސްޕިޓަލަށް ގެންނަންޖެހޭ ތަކެތި ގެނައުން.
  • މީގެ އިތުރުންވެސް ހޮސްޕިޓަލުގެ ބޭނުމަށް ކުރަންޖެހޭ މަސައްކަތްތައް ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.   

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި:  2016 އެޕްރީލް 28 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުންނަމަ [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ.

1. ވަޒީފާއަށް އެދޭ ފޯމު

2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. ސީވީ

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް:

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށައަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓުފިކެޓުތައް ބަލައިނުގަނަވޭނެއެވެ. އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.

21 އޭޕްރިލް 2016
ހޯދާ