ދިވެހިރާއްޖެ
އިޢުލާން
މި އޮފީހުގެ ނަންބަރު: IUL)14-E1/1/2016/09 ) (03 މާރިޗު 2016) އިޢުލާނާ ގުޅޭ ގޮތުން ދަންނަވަމެވެ.
އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު (2016/U-001) ގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެވޭ ޓެސްޓް 2016 އޭޕްރިލް 16 ވަނަ ދުވަހު ވަނީ ބޭއްވިފައެވެ. އަދި މި ދުވަހުގެ ޓެސްޓަށް ހާޒިރުނުވާ ފަރާތްތަކުގެ ތެރެއިން މި ދެންނެވި އުސޫލުގެ 6 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތީން ޓެސްޓަށް ހާޒިރުނުވެވޭނޭ ކަމަށް އަންގާފައިވާ ފަރާތްތަކަށް ދެވޭ ޓެސްޓް 2016 އެޕްރީލް 30 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ޓެސްޓަށް ހާޒިރުވާންޖެހޭ މީހުންނާއި ޓެސްޓް އޮންނާނެ ތަނާއި ގަޑި ކަސްޓަމްސްގެ ވެބްސައިޓް www.customs.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.
16 ރަޖަބު 1437