ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

   މަޤާމު:                     އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

   ބޭނުންވާ އަދަދު:                01

   ރޭންކް:                     ޖީ.އެސް 3

   ކްލެސިފިކޭޝަން:               އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

   މުސާރަ:                    -/4465 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1500 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:              ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

   ގިންތި:                      ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް ސެކްޝަން / ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން  

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އެކްސްޕެންޑިޗަރ ސްޓޭޓްމަންޓްތައް ކްރޮސްޗެކްކުރުން.

- ރީޕޭމަންޓް ހަދަންޖެހޭ ދަރިވަރުންގެ ޑޭޓާބޭސް ބެލެހެއްޓުން.

- ރީޕޭމަންޓް ފައިސާ ބަލައިގަތުން.

- ރީޕޭމަންޓް ދައްކަންޖެހި ނުދައްކާ ފަރާތްތަކާއި، ދައްކަން ފެށުމަށްފަހު މެދުކެނޑި ނުވަތަ ގަވާއިދުން ނުދައްކާ ފަރާތްތަކަށް ރިމައިންޑަރ ފޮނުވުމާއި ރީޝެޑިއުލް ކުރަންޖެހޭނަމަ ރީޝެޑިއުލްކުރުން.

- ތިޖޫރީ ބެލެހެއްޓުމުގެ މަސައްކަތްކުރުން.

- އެކައުންޓް ސްޓޭޓްމަންޓްތައް ތައްޔާރުކުރުން.

- މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް އެހީވެދޭ ޤައުމީ ފަންޑާއި ސަރުކާރުގެ ބަޖެޓުން ކިޔަވާފައިވާ ދަރިވަރުންގެ ރީޕޭމަންޓް ތައްޔާރުކުރުން.

- މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް އެހީވެދޭ ޤައުމީ ފަންޑުގެ ރިޕޭމަންޓްގެ ގޮތުގައި ދައްކާ ފައިސާ ކޮންމެ ދުވަހަކުވެސް އެމް.އެމް.އޭ އަށް ޖަމާކުރުން.

ޝަރުޠު:

1. އެކައުންޓިންގް/ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެކައުންޓިންގް/ފައިނޭންސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

- މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 08 – 12 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުން.

ރ-  މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ އެކަން ދެނެގަތުމަށް، މަސައްކަތް ކުރައްވާފައިވާ ނުވަތަ ކުރައްވަމުންގެންދަވާ އިދާރާތަކުން ހޯއްދަވާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި ކުރެއްވި މަސައްކަތް އަދި މުއްދަތު އެނގެން އޮންނަންވާނެއެވެ. މިލިޔުންތަކުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވި އަދި ވަކިވި ދުވަސް/މަސް/އަހަރު ވެސް އެނގެން އޮންނަންވާނެއެވެ. ދުވަސް/މަސް/އަހަރު އެނގެން ނެތްނަމަ އެލިޔުމަކަށް މާކްސް ދެވޭކަށްނޯންނާނެއެވެ.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 05 މޭ 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ޑިޕާޓްމަންޓްގެ ނަންބަރު 3341303 / 3341307 ފޯނަށް ގުޅުއްވުން އެދެމެވެ.

20 އޭޕްރިލް 2016
ހޯދާ