ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެމްބިއުލާންސްގެ މަރާމާތުތަކެއް ކުރުމަށް

އިޢުލާން

ށ.ފޯކައިދޫ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތު ކުރުމާބެހޭ

ށ.ފޯކައިދޫ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސްގެ މަރާމާތުތަކެއް ކުރުމަށް ކުރި ނަންބަރު: (IUL)SH-FAH-RM/SH-FAH/2016/10 (04 އެޕްރީލް 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.ފޯކައިދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 މޭ 2016 ވާ ހޯމަ ދުވަހުގެ 13:30 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ށ.ފޯކައިދޫ ޞިއްޙީމަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

14 ރަޖަބު 1437

21 އޭޕްރިލް 2016
ހޯދާ