ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ކޮމިއުނިޓީ ހެލްތު އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: MS1

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

ޑިވިޜަން/ ސެކްޝަން:

ޕަބްލިކް ހެލްތު ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޏ. އަތޮޅު ހޮސްޕިޓަލް، ފުވައްމުލައް

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ހެލްތު އެޑިއުކޭޝަން ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ރަށުތެރޭގައި ރޯގާ ބަލިމަޑުކަމެއް ފެނިއްޖެނަމަ ރައްޔިތުންގެ ސަމާލުކަމަށް ގެނައުމާއި، ރަށުތެރޭގައި ފެތުރޭ ބަލިތައް ކޮންޓްރޯލްކުރުމަށް ހޮސްޕިޓަލާ ގުޅިގެން މަސައްކަތް ކުރުން.
  2. މެޓަރނަލް އަދި ޗައިލްޓް ހެލްތު ކެއަރގެދަށުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  3. ސައިކޭޓްރިކް ބޭސް ސްޓޮކް ބެލެހެއްޓުމާއި، ބޭސްދޫކުރުމުގެ ކަންކަމާ ގުޅޭގޮތުން ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުން.
  4. ހޮޓާ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނާއި، މަސްދޯނިފަހަރުގެ ސާފުތާހިރުކަން ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން.
  5. ފިހާރަތަކާއި ބޭސްފިހާރަތައް ޗެކްކުރުން.
  6. ބަލިމީހުންނަށް ޑޮޓްސް އުސޫލުން ބޭސްދިނުމާއި، ބޭނުންވާ ކައުންސިލިންގ ދިނުމާއި، ބަލިމީހުންގެ ރެކޯޑުތައް ބެލެހެއްޓުމާއި، ގަވާއިދުން ބޭސް ބޭނުންކުރާ މީހުންނަށް ކައުންސެލިންގދީ ގަވާއިދުން ފަރުވާކުރުމަށް ބާރުއެޅުން.
  7. މަންތްލީ އެޗް. އައި. ވީ/އޭޑްސް އެންޑް އެސް. ޓީ. އައި ސަރވައިލަންސް ރިޕޯޓްތައް ގަވާއިދުން ސީ.ސީ.އެޗް.ޑީ.ސީ އަށް ފޮނުވުމާއި، މުޖުތަމަޢުގެ ތެރޭގައި އެޗް. އައި. ވީ. އާއި ޖިންސީ ގުޅުމުން އަރާ ބަލިތައް ފެތުރިދާނެ ރިސްކް ގުރޫޕްތައް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އެފަރާތްތަކާބެހޭ މަޢުލޫމާތު އެއްކުރުން.
  8. ގައިންގަޔަށް އަރާ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތަކާ ބެހޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓް ތައްޔާރުކޮށް، ހެޗްޕީއޭއަށް ފޮނުވުން. 
  9. އާންމު ޞިއްޙަތާ ގުޅޭގޮތުން ދެވޭ ހުރިހާ ޚިދުމަތެއްގެ ތަފާސްހިސާބުތައް އެއްކުރުމަށް ބޭނުންކުރެވޭ ޑާޓާބޭސްތައް ހަމަޖެހިފައިވާ އުސޫލުން ބެލެހެއްޓުން.
  10. ރަށުގެ ގޭބިސީތަކަށް ޒިޔާރަތްކޮށް އެތަންތަނުގައި ދިރިއުޅޭ މީހުންގެ އާންމު ޞިއްޙަތު ބެލުމާއި، ހެޔޮގޮތުގައި ޞިއްޙަތު ބައްޓަންކުރުމަށް މަގުފަހިކުރުމުގެގޮތުން އެހީތެރިވެދީ، މަޢުލޫމާތު ފޯރުކޮށްދިނުން.

 

ތަޢުލީމާއި ތަޖުރިބާ:

1. ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ  ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސަސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
  7. މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ލިޔުން.

ސުންގަޑި:

2016 އެޕްރީލް 26 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން ޏ. އަތޮޅު ހޮސްޕިޓަލުގެ އޮފީސް ބަޔަށް.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، އިމްތިޙާނުކުރުން އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6861860 ނަންބަރު ފޯނަށެވެ.

11 ރަޖަބު 1437

18 އޭޕްރިލް 2016
ހޯދާ