މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް

އިޢުލާން

ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ށ.މިލަންދޫގައި ނެޓްބޯޅަކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.      

ހުށަހަޅަންވީ ތަކެތި

  • މި މަސައްކަތްކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއްކޮށްފައިވާނަމަ މަސައްކަތްކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓުކުރާއިރު ބެލެވޭނެ ބައިތައް

  • ހުށަހެޅޭ އެންމެ ހެޔޮއަގު / ހުށަހެޅި އަގު
  • ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު
  • މިފަދަ މަސައްކަތެއްކޮށްފައިވާނަމަ މަސައްކަތްކުރިކަމުގެ ލިޔުންތަކަށް ބަލާފައި

ބިޑް ހުށަހަޅުއްވަންވީ ގޮތް

މި މަސައްކަތަށް ބިޑް ހުށަހަޅުއްވަންވާނީ މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ބިޑް ތައްޔާރުކުރުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި ހުންނަންވާނެއެވެ.

އިކޮނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް އިދާރާ

ށ. މިލަންދޫގައި ނެޓްބޯޅަ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތާ ގުޅޭ އިޢުލާނު ނަންބަރު: (IUL)284-PR/284/2016/26

ޕްރީބިޑް ބައްދަލުވުން

މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 02 މޭ 2016 ވާ ހޯމަ ދުވަހުގެ 11:30 ގައި ށ. މިލަންދޫގެ ކައުންސިލް އިދާރާގައެވެ.

ބިޑުހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 04 މޭ 2016 ވާ ބުދަ ދުވަހުގެ 11:30 ގައި ށ. މިލަންދޫގެ ކައުންސިލް އިދާރާގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތްކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 04 މޭ 2016 ވާ ބުދަ ދުވަހުގެ 11:30 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ށ. މިލަންދޫ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ށ. މިލަންދޫ ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540063 ނަންބަރު ފޯނަށެވެ.

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ

މިލަންދޫ

ދިވެހިރާއްޖެ

އީމެއިލް: [email protected]

12 ރަޖަބު 1437

19 އޭޕްރިލް 2016
ހޯދާ