މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑު ލެވެލްކުރުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް

އިޢުލާން

ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ށ.މިލަންދޫ ރަސްމީ ފުޓްބޯޅަދަނޑު ލެވެލްކުރުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.      

ހުށަހަޅަންވީ ތަކެތި

  • މި މަސައްކަތްކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތުކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

މި ޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓުކުރާއިރު ބެލެވޭނެ ބައިތައް

  • ހުށަހެޅޭ އެންމެ ހެޔޮއަގު / ހުށަހެޅި އަގު
  • ހުށަހެޅޭ އެންމެކުރު މުއްދަތު / ހުށަހެޅި މުއްދަތު
  • މިފަދަ މަސައްކަތެއްކޮށްފައިވާނަމަ މަސައްކަތްކުރިކަމުގެ ލިޔުންތަކަށް ބަލާފައި

ބިޑް ހުށަހަޅުއްވަންވީ ގޮތް

މި މަސައްކަތަށް ބިޑް ހުށަހަޅުއްވަންވާނީ މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ބިޑް ތައްޔާރުކުރުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި ހުންނަންވާނެއެވެ.

އިކޮނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް އިދާރާ

ށ.މިލަންދޫ ރަސްމީ ފުޓްބޯޅަދަނޑު ލެވެލްކުރުމުގެ މަސައްކަތާ ގުޅޭ އިޢުލާނު ނަންބަރު: (IUL)284-PR/284/2016/25

ޕްރީ ބިޑް ބައްދަލުވުން

މި މަޝްރޫއުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 02 މޭ 2016 ވާ ހޯމަ ދުވަހުގެ 11:00 ގައި ށ. މިލަންދޫގެ ކައުންސިލް އިދާރާގައެވެ.

ބިޑުހުޅުވުން

 ބިޑުހުޅުވުމަށް ހަމަޖެހިފައިވަނީ 04 މޭ 2016 ވާ ބުދަ ދުވަހުގެ 11:00 ގައި ށ. މިލަންދޫގެ ކައުންސިލް އިދާރާގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތްކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 04 މޭ 2016 ވާ ބުދަ ދުވަހުގެ 11:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ށ.މިލަންދޫ ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ. އަދި ކޮންމެ ވަގުތެއްގައިވެސް، ބިޑު ބާޠިލުކުރުމުގެ އިޚުތިޔާރު ށ.މިލަންދޫ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540063 ނަންބަރު ފޯނަށެވެ.

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ

މިލަންދޫ

ދިވެހިރާއްޖެ

އީމެއިލް: [email protected]

12 ރަޖަބު 1437

19 އޭޕްރިލް 2016
ހޯދާ