ދިވެހިރާއްޖެ
4 ވަނަ އިންޓަރ ސްކޫލް 3 އޮން 3 ބާސްކެޓްބޯޅަ މުބާރާތް 2016
މި އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން 1 މޭ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ 4 ވަނަ އިންޓަރ ސްކޫލް 3 އޮން 3 ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލްތަކުން 26 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވާ އުމުރުފުރާ އެނގޭގޮތަށް ލިއުމަކުން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. އަދި 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޓީމުލިސްޓު ހުށަހެޅުއްވުން އެދެމެވެ.
މިމުބާރާތުގެ ގަވާއިދާއި ޓީމުލިސްޓް ހުށަހަޅާ ފޯމުގެ އިތުރުން މުބާރާތާބެހޭ މަޢުލޫމާތު މިއެސޯސިއޭޝަނުން އަދި ފޭސްބުކް ގްރޫޕް (Maldives Basketball Association-MBA) އިން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.
މިމުބާރާތް ހުޅުވާލެވިފައިވަނީ ތިރީގައި މިދަންނަވާ އުމުރުފުރާތަކަށެވެ.
14 އަހަރުން ދަށް ( އަންހެން / ފިރިހެން )
16 އަހަރުން ދަށް ( އަންހެން / ފިރިހެން )