ދިވެހިރާއްޖެ
އިޢުލާން
ބަށިކޯޓު އަޅާ ބިމުގައި ހުރި ރުއްގަސް ކެނޑުމާ ބެހޭ:
މި އިދާރާގެ ނަންބަރު (IUL)403-A/403/2016/30 (03 މާރިޗު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެފަރާތުގެ ތަކެތިކަން ކަށަވަރުކޮށް ލިޔުމަކުން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ. ވީމާ، ބޯޅަދަނޑުގެ އުތުރުކޮޅުން މަގުގެ އުތުރުފަރާތުގައި އޮތް ބިމުގައި ފާހަގަޖަހާފައިހުރި ތިރީގައި މިދަންނަވާ ތަކެތީގެ ވެރިން 20 އެޕްރީލް 2016 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެފަރާތެއްގެ ތަކެތިކަން ކަށަވަރުވާގޮތް ބަޔާންކޮށް ބަދަލު ބޭނުންވާގޮތް އެނގޭގޮތަށް ލިޔުމަކުން އެދި މި އިދާރާއަށް އެންގެވުން އެދެމެވެ.
2 ދިވެހިރުއް ފޯދުނު
2 ގަސް ހިރުނދު ލަކުޑިއަށް ފުދޭ
ކައުންސިލްގެ ހުއްދަނެތި އެބިމުގައި ގަވާއިދާ ޚިލާފަށް އިންދާފައިވާ އެއްވެސް އެއްޗަކަށް ބަދަލެއް ނުދެވޭނެއެވެ. އެފަދަ ތަކެތި ނުނަގާހުރިނަމަ އެތަކެތި ނައްތާލެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
6 ރަޖަބު 1437