މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ސެކްޝަން:
|
އެޑްމިނިސްޓްރޭޝަން
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ރޭންކް: GS3
|
މުސާރަ:
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ
|
ތަޢުލީމާއި ތަޖުރިބާ:
|
- ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑެރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އިދާރީގޮތުން މަސައްކަތްކުރަން ހަމަޖައްސާފައިވާ ބޭފުޅެއްގެ މަސައްކަތްތަކުގައި އެހީތެރިވުމާއި، ފައިސާއާބެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
- މުވައްޒަފުންގެ ހާޒިރީ ތައްޔާރުކޮށް ހާޒިރީތައް ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް މަހުން މަހަށް ހެދުން.
- އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި ނޯޓް ފަދަ ތަކެތީގެ ނޯޓް ދިނުމުން އެ ތަކެތި ލިޔުމާއި، އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުމާއި، އެފަދަ ތަކެތި ފައިލްކޮށް ތަރުތީބުން ބެލެހެއްޓުން.
- މަރުކަޒަށް ލިބޭ ބިލާއި، އެހެނިހެން އިދާރީ ލިޔެކިއުންތައް އެންޓްރީކޮށް، ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ އަރިހަށް ގެންދިއުމަށްފަހު، އެ ލިއުމަކާބެހޭ މީހަކަށް ނުވަތަ ސެކްޝަނަކަށް ހަވާލުކުރުން.
- މުވައްޒަފުންގެ އިތުރުގަޑީގެ ހާޒިރީއާއި، ބަންދު ދުވަހުގެ ހާޒިރީއާއި، ޝިފްޓް ޑިއުޓީގެ ހާޒިރީ ތައްޔާރުކޮށް ބެލެހެއްޓުން.
- ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
- މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން.
- ހަވާލުކުރެވޭ ޑިއުޓީތައް ފަރުވާތެރިކަމާއެކު އަދާކުރުން.
- އޮފީހުގައި ހުންނަ ލިޔެކިއުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން.
- މަރުކަޒަށް ދިމާވާ ކަންތައްތަކުގެ ތެރެއިން، އާންމުކޮށް ނުހިނގާ، ޚާއްޞަގޮތެއްގައި ދިމާވާ ކަންތައްތަކުގައި ބައިވެރިވެ، އެހީތެރިވުން.
- މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި:
|
2016 އެޕްރީލް 27 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފޯމު ހުށަހެޅުން.
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ 10 ފަރާތްތަކަށް އިންޓަވިއު ކުރުން އޮންނާނީ، 2016 އެޕްރީލްމަހުގެ ތެރޭގައެވެ. އިންޓަވިއު އޮންނާނީ، ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6644232 ނަންބަރު ފޯނަށެވެ.
|