މަޤާމް:
|
އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މަޤާމުގެ ރޭންކް: GS4
|
މުސާރަ:
|
މަހަކު -/5020 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2500 ރުފިޔާ
|
ޑިވިޜަން/ ސެކްޝަން:
|
-
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ނ. މާފަރު ޞިއްޙީ މަރުކަޒު
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- މިނިސްޓްރީ އޮފް ހެލްތާއި، ހޮސްޕިޓަލުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހަދައި، އެ ޕްލޭނާ އެއްގޮތަށް ޞިއްޙީ މަރުކަޒުގެ ހެލްތު ޕްރޮމޯޝަން ޕްރޮގްރާމްތައް ރާވައި، އެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ކަމާބެހޭ ފިޔަވަޅުއެޅުން.
- ރަށުގެ ޞިއްޙީ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ޞިއްޙީ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވެ، އެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި، އިވެލްއޭޓްކޮށް ފީޑްބެކްދިނުމާއި، ޕްރޮގްރާމްތައް ހަރުދަނާކަންމަތީ ހިންގުމަށް ބޭނުންވާ އިތުރު އެހީ ފޯރުކޮށްދިނުމަށްވީ އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުން.
- ކޮމިއުނިކެބަލް އަދި ނޮން ކޮމިއުނިކެބަލް ޑިޒީޒްކޮންޓްރޯލް ޕްރޮގްރާމްތައް ރަށްރަށުގައި ގަވާއިދުން ހިންގުމާއި، ގަވާއިދުން ރިޕޯޓް ފޮނުވުން.
- ޗައިލްޑް އެންޑް ނިއުޓްރިޝަން ޕްރޮގްރާމުގެ މަސައްކަތްކުރުމާއި، ޑިޕާޓްމަންޓުން ފޮނުވާފައިވާ ވަސީލަތްތަކުގެ ސްޓޮކް ބެލެހެއްޓުމާއި، ގަވާއިދުން ރިޕޯޓް ފޮނުވުން.
- ސްކޫލް ހެލްތު ޕްރޮގްރާމް ރަށުގައި ގަވާއިދުން ހިންގައި ރިޕޯޓް ފޮނުވުން.
- ޚިދުމަތްދިނުމަށް ދަތިނުވާނޭހެން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ތަކެއްޗާއި، ކަންކަމުގައި މޯލްޑިވިއަން ބްލަޑް ސަރވިސްގެ އިރުޝާދާ އެއްގޮތަށް ޢަމަލުކޮށް، ވީ އެންމެ ފުޅާދާއިރާއެއްގައި އެ މަސައްކަތުގައި އެހީތެރިވެ، ރެކޯޑްތައް ބެލެހެއްޓުން.
- ރެޕްރޮޓެކްޓިވް ހެލްތު ޕްރޮގްރާމްގެ ޚިދުމަތްދިނުމުގައި ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭނެފަދަ ގޮތަކަށް ރާވައި ހިންގުމާއެކު ސްޓޮކް ބެލެހެއްޓުން.
- ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ރަށުގައި ހިންގޭ އެންމެހައި ހަރަކާތްތަކުގެ ރިޕޯޓް ފޮނުވުން.
- ރަށުތެރޭގެ ޞިއްޙީ ހާލަތު ދެނެގަތުމަށް ވިޒިޓް ޕްރޮގްރާމް އެކުލަވައިލައި ކުރިއަށް ގެންދިއުން.
- ރަށުގައި ރޯގާއެއް ފެށިއްޖެނަމަ، އެ ރޯގާ ކޮންޓްރޯލްކުރުމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ރަށުގައި ރޯގާއެއް ފެށިއްޖެނަމަ، އެކަން ހިނގާ ނުހިނގާގޮތް ވިލަރެސްކުރުމާއި، އެ މަޢުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އަންގައި، މަޝްވަރާ ހޯދައި، ފިޔަވަޅުއެޅުން.
- ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ވާރކްޝިޕް، ސެމިނާރު، ބައްދަލުވުންތައް އިންތިޒާމުކޮށް ރާވައި ހިންގުން.
- އާންމުންނަށް އަމާޒުކޮށްގެން ހިންގާ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވައި ދެމެހެއްޓެނިވިގޮތެއްގައި ހިންގުން.
- ޞިއްޙީ މަޢުލޫމާތު އެކުލެވޭފަދަ ލީފްލެޓް/ލުއިފޮތާއި ވީޑިއޯ ޓޭޕްތައްޔާރުކޮށް، ހޯދައި (ހެލްތު ޕްރޮމޯޝަން ސެކްޝަނުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު) ކޮމިއުނިޓީއަށް ފޯރުކޮށްދިނުން.
- ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ މެދުގައި ޞިއްޙީ މަޢުލޫމާތު އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން.
|
ތަޢުލީމާއި ތަޖުރިބާ:
|
1. ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2 ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3 ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް ލިބޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ އޮފީހުންނާއި، މާފަރު ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި:
|
2016 މޭ 8 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ނ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ މާފަރު ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:
|
2016 މޭމަހު ނ. އަތޮޅު ހޮސްޕިޓަލުގައި އޮންނާނެއެވެ.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރަން ގުޅާނީ، ރަސްމީ ގަޑީގައި، ނ. އަތޮޅު ހޮސްޕިޓަލުން 6560037 ނަންބަރު ފޯނާއެވެ.
|