މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ލެޕްޓޮޕް އަދި ސްމާޓްބޯޑު ގަނެދެވޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ލެޕްޓޮޕް އަދި ސްމާޓްބޯޑު ގަތުމަށް އަންދާސީހިސާބު ބޭނުންވެއްޖެއެވެ.

މި ސްކޫލުގެ ސައިންސް ލެބާއި އޯޑިއޯ ވިޝުއަލް ރޫމަށް ބޭނުންވާ ލެޕްޓޮޕް އަދި ސްމާޓްބޯޑު ގަނެދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފާއިވާ ގަޑީގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅީފައިވާ ތާރީޚުގައި ދެންނެވިފައިވާ ގަޑިއަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސާނަމަ ސިޓީއަކުން އެކަން ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުޅުވާ ބައްދަލުވުން

2016 އެޕްރިީލް 28ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި

8 މޭ 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގައި

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މި ސްކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން އެފަރާތުން ލިބޭ މަޝްވަރާގެ މަތިންނެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުން ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

13 ރަޖަބު 1437

20 އޭޕްރިލް 2016
ހޯދާ