ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ؛
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ ޕާކުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އެޕްރީލް 2016 ވަނަދުވަހުގެ 13:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 މޭ 2016 ވަނަދުވަހުގެ 13:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގރޫމުގައެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ ކުންފުނި / ކޯޕަރޭޓިވްއަކުންނަމަ އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއެކު އެ ތަނުގެ ރަޖިސްޓަރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ވަކި ފަރުދެއްގެ ނަމުގައި އަންދާސީހިސާބު ހުށަހަޅާނަމަ، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ މީހެއްގެ ނަމުގައި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، އަންދާސީހިސާބު ހުށަހެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުނުކުރެވޭނެއެވެ. އަދި އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ. މައުލޫމާތު ސާފުނުކުރާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބާއި، ގަޑި ޖެހުމުގެ ކުރިން ނުވަތަ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ޕޮއިންޓް ދޭނެ މިންގަނޑު
- މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %85 (އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް 85 މާކްސް ލިބޭގޮތަށް)
- މުއްދަތު: % 10 (އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް 10 މާކްސް ލިބޭގޮތަށް)
- ތަޖުރިބާ: %5 (އެންމެ ތަޖުރިބާ ހުރި ފަރާތަކަށް 5 މާކްސް ލިބޭގޮތަށް)
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
7 ރަޖަބު 1437