މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ހާބަރ އެކްސްޓެންޝަން ޕްރޮޖެކްޓަށް މެނޭޖްމަންޓް ކޮންސަލްޓަންޓެއް ހޯދުމާބެހޭ

ޕްރޮޖެކްޓް ނަންބަރު:

TES/2016/C-003

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކުޅުދުއްފުށީ ހާބަރ އެކްސްޓެންޝަން ޕްރޮޖެކްޓަށް މެނޭޖްމަންޓް ކޮންސަލްޓަންޓެއް ހޯދުމާބެހޭ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ހިލޭ އެހީއާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށީ ހާބަރ އެކްސްޓެންޝަން ޕްރޮޖެކްޓް މެނޭޖުކުރުމަށް ކޮންސަލްޓިންގ ފާމެއް ހޯދުމަށް ބޭނުންވެއެވެ. އަދި މި މަޝްރޫޢުގެ ތެރޭގައި މި ޕްރޮޖެކްޓްގެ މަސައްކަތް މެނޭޖްކުރުމާއި، ޑީޓޭލް ޑިޒައިން ހެދުމާއި، ޕްރޮކިޔުމަންޓްގެ މަސައްކަތާއި ކޮންސްޓްރަކްޝަންގެ މަސައްކަތް ބަލަހައްޓައި މޮނީޓަރ ކުރުން ހިމެނެއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ އުތުރުގެ ސަރަޙައްދުތަކުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކަންކަމަށް ފަސޭހަކަމާއެކު މަގުފަހި ކޮށްދިނުމެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކައިގެން ކުޅުދުއްފުށީގައި 667 މީޓަރު ދިގުމިނުގެ ބަނދަރެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރުގެ ބޭނުމަށް ކުޅުދުއްފުށީ ހާބަރ އެކްސްޓެންޝަން މެނޭޖްމަންޓް ކޮންސަލްޓަންސީގެ މަސައްކަތަށް ޝަރުޠު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

މި މަސައްކަތް ކުރުމަށް ހިނގާނެ ކަމަށް ބެލެވޭ މުއްދަތަކީ 26 މަސްދުވަހެވެ. އަދި މި މަސައްކަތަށް ހިނގާނެ ކަމަށް ލަފާކުރާ ބަޖެޓަކީ ޓެކުހާއެކު 880,000.00 އެމެރިކާ ޑޮލަރެވެ.

މި މަސައްކަތަށް ކުރިމަތި ލެވޭނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ މެންބަރު ޤައުމުތަކުގެ ކުންފުނިތަކަށެވެ. މި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު، މި ޕްރޮޖެކްޓުގެ ޓާރމްސް އޮފް ރިފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނު އޭ.ޑީ.ބީ ވެބްސައިޓް www.adb.org ގެ ބިޒްނަސް އޮޕޮޗުނިޓީސް ސެކްޝަނުގައި ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެ ފަރާތުން ކަނޑައަޅާފައިވާ އޭ.ޑީ.ބީ ގައިޑްލައިނާ އެއްގޮތަށް ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް އުސޫލުންނެވެ. މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން 6 ފަރާތެއް ޝޯޓްލިސްޓްކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ދެވޭނެއެވެ. ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެ ފަރާތުން ހަމަޖައްސާފައިވާ އޭ.ޑީ.ބީ ގައިޑްލައިނާ އެއްގޮތަށް ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް އުސޫލުންނެވެ. ކޮލިޓީ ޓު ކޮސްޓް ރޭޝިއޯއަކީ 90 : 10

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

ޕަބްލިކް ޕްރޮކިޔޯމަންޓް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން:3349104 ،3349266

ފެކްސް:3320706 ،3324432

އީމެއިލް އެޑްރެސް: 

[email protected]

[email protected]

21 އެޕްރީލް 2016
ހޯދާ