އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން

އިޢުލާން

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން:                      

2016 ވަނަ އަހަރު އަރިއަތޮޅު އުތުރުބުރީ ތޮއްޑޫން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ 100 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ، ޝަހީދުޢަލީހިނގުމުން ހުޅަނގުން މިހާރު ނަގާފައިވާ ގޯތިތަކާ އިންވެގެން ހުޅަނގަށް ޢަލިރަސްގެފާނުމަގާއި ހަވީރީހިނގުމާ ދެމެދުން ފާހަގަކޮށްފައިވާ އޭރިޔާ 1 އާއި 2 ގައިވާ 48 ގޯއްޗާއި، ހަވީރީހިނގުމުގެ ދެކުނުން، ބޮޑުތަކުރުފާނުމަގާއި އަމީނީމަގާ ދެމެދުގައި ފާހަގަކޮށްފައިވާ އޭރިޔާ 3 ގައިވާ 28 ގޯއްޗާއި، ދިލްބަހާރުމަގުގެ ދެކުނުން މިހާރު ދޫކޮށްފައިވާ ގޯތިތަކާ އިންވެގެން ދެކުނަށް ފާހަގަކޮށްފައިވާ އޭރިޔާ 4 ގައިވާ 21 ގޯއްޗާއި، އަދި ސަމަރުބުލޫ ގެއާ އިންވެގެން އިރަށް ކާނޭޝަންމަގާއި ނަސީމީހިނގުމާ ދެމެދުން ފާހަގަކޮށްފައިވާ އޭރިޔާ 5 ގައިވާ 3 ގޯއްޗެވެ.

ވީމާ، ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަގޯއްޗަށް އެދޭ ފޯމު ފުރުއްވުމަށްފަހު، 2016 އެޕްރީލް 24 ވަނަދުވަހުން ފެށިގެން 2016 މޭ 26 ވަނަ ދުވަހުގެ 12:00 ގެ ކުރިން އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ (2016 އެޕްރީލް 24 ން 2016 މޭ 26 ވަނަ ދުވަހުގެ 12:00 އަށް) ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6660537 ފޯނާއެވެ.  

ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަންވާނެ ޝަރުޠުތައް

  1. ދިވެހިރައްޔިތެއް ކަމުގައިވުން 
  2. ޢުމުރުން 21 އަހަރު ވެފައިވުން.
  3. ތިމާގެ އަނބި/ ފިރިމީއަށް އއ. ތޮއްޑޫން ނުވަތަ ރާއްޖޭގެ އެއްވެސްރަށަކުން 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައި ނެތުން.
  4. ތިމާއަށް އއ. ތޮއްޑޫން ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބި، އެބަޔަކީ ވަކިން ޢިމާރާތްކޮށްފައިވާ ނުވަތަ ވަކިން ޢިމާރާތްކުރެވޭގޮތަށް ބައިކުރެވިފައިވާ ބައެއްނަމަ، އެބައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން. (މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓަރީކޮށްދޭނީ ލިބިފައިވާ ގޯތި ސަރުކާރަށް ދޫކޮށްލިކަމަށް ޝަރީޢަތުން ނިންމެވުމަށް ފަހުގައެވެ.)
  5. އެކަކަށްވުރެ ގިނަމީހުންގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިހުރި ޢިމާރާތުގެ މިލްކުވެރިއަކަށްވެފައި، ތިމާއަށް ޢިމާރާތުން ނިސްބަތްވާ، ދިރިއުޅުމަށް ބޭނުންކުރެވޭ ޖުމްލަ ތަޅުމުގެ ބޮޑުމިން 600 އަކަފޫޓަށްވުރެ ކުޑަނަމަ އެ ބިން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން. (މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓަރީކޮށްދޭނީ ލިބިފައިވާ ގޯތި ސަރުކާރަށް ދޫކޮށްލިކަމަށް ޝަރީޢަތުން ނިންމެވުމަށް ފަހުގައެވެ.)
  6. ތިމާގެ އަނބި / ފިރިމީހާއަށް ސަރުކާރު ޕްރޮޖެކްޓެއްގެ ދަށުން ޢިމާރާތްކޮށްފައިވާ ފުލެޓެއް ނުވަތަ އެފަދަ ހިޔާވައްސެއް ލިބިފައިނެތުން.
  7. ތިމާގެ އަނބި/ ފިރިމީއަށް ތޮއްޑޫން ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބެން ނެތުން. މި މާއްދާގައި ލިބެން ނެތުން ކަމަށް ބުނެފައި އެވަނީ، ގޯތި ދިނުމަށް އިޢުލާނު ކުރާ ތާރީޚާއި ހަމައަށް، މަންމަ/ ބައްޕަ/ އަނބި/ ފިރި ނިޔާވެ، ނުބަހާ ހުންނަ ތަރިކަ މުދާ ބެހުމުން އެ މުދަލުން 600 އަކަފޫޓަށް ވުރެ ކުޑަނޫން ބައެއް ބިމުން ލިބެން ނެތުން.
  8. ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން. (ރާއްޖޭގެ އެއްވެސް ރަށަކުން އެމީހަކަށް ލިބިފައިވާ ގޯތި ނުވަތަ ގޯތިން ބައެއް ސަރުކާރަށް ދޫކޮށްލުން މީގެތެރޭގައި ނުހިމެނޭނެއެވެ.)
  9. ތިމާގެ ބެލުމުގެދަށުގައިވާ އުފަންދަރިންނާއި އެމީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ އަދަދަށާއި، އެމީހާގެ ބިމުގެ ތަނަވަސްކަން ހުރި މިންވަރަށާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބިފައިވާނަމަ އެ ގޯއްޗާމެދު ޢަމަލުކޮށްފައިވާ ގޮތަށާއި، އެމީހާގެ މަންމައާއި ބައްޕަގެ ބިމުގެ ތަނަވަސްކަމަށާއި، މި އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް (ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ) ކޮމިޓީއަށް ފެނުން.

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ އުސޫލު

އެންމެ މަތިން ލިބޭ ޕޮއިންޓް

މިބައިން ލިބޭ ޕޮއިންޓް

ތަފުސީލު

#

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫން ގޯތި ހޯދުމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދޭނެގޮތް

10

 

ޢުމުރުގެ ބައި

1

5

ޢުމުރުން 21 އަހަރު ފުރި 30 އަހަރު ނުފުރޭ

7

ޢުމުރުން 30 އަހަރު ފުރި 40 އަހަރު ނުފުރޭ

10

ޢުމުރުން 40 އަހަރު ފުރި 50 އަހަރު ނުފުރޭ

2

ޢުމުރުން 50 އަހަރުން މަތި

6

 

ކާވެނީގެ ބައި

2

6

ކާވެނީގައި ދެމިހުރިނަމަ

3

މިހަކާ އިނދެ ވަރިކޮށްފައިވާނަމަ

0

ކައިވެނި ނުކުރާނަމަ

10

 

ރަށްވެހިކަމުގެ ބައި

2

3

ރަށުގެ ރަށްވެއްސަކަށް ވީތާ 1 އަހަރުފުރި 05 އަހަރު ނުފުރޭނަމަ 

6

ރަށުގެ ރަށްވެއްސަކަށް ވީތާ 05 އަހަރުފުރި 15 އަހަރު ނުފުރޭނަމަ 

10

އުފަންވީއްސުރެ ރަށުގެ ރަށްވެއްސެއްގެ ގޮތުގައި ރަށްވެހިވެފައިވުން/ ރަށްވެހިވެފައިވާތާ 15 އަހަރުވުން

6

 

ރަށުގައި ދިރިއުޅުން

3

2

އއ. ތޮއްޑޫގައި ދިރިއުޅޭތާ 1 އަހަރުފުރި 05 އަހަރު ނުފުރޭނަމަ

4

އއ. ތޮއްޑޫގައި ދިރިއުޅޭތާ 05 އަހަރުފުރި 15 އަހަރު ނުފުރޭނަމަ

6

އއ. ތޮއްޑޫގައި ދިރިއުޅޭތާ ޢުމުރުންވީ ދުވަހެއް ވުން / އއ. ތޮއްޑޫގައި ދިރިއުޅޭތާ 15 އަހަރުވުން

22

 

ދަރިންގެ ބައި (ތިމާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ، ބަލަމުންގެންދާ 18 އަހަރުން ދަށުގެ ކުދިން)

4

8

18 އަހަރުން ދަށުގެ 1 ދަރިއަކު ހުރިނަމަ

16

18 އަހަރުން ދަށުގެ 2 ދަރިން ތިބިނަމަ

22

18 އަހަރުން ދަށުގެ 3 ދަރިން ނުވަތަ އެއަށްވުރެ ގިނަނަމަ

 

# ދަރިންގެ ބަޔަށް ޕޮއިންޓު ދޭނީ ތިމާގެ އުފަންދަރީންނަށެވެ.

36

 

ގޯތިގެދޮރުގެ ބައި (ޝަރުޠު ފުރިހަމަވާނަމަ ޖުމުލަ 36 ޕޮއިންޓު ލިބޭނެއެވެ. ނަމަވެސް ތިރީގައިވާ ގޮތުގެ މަތީން ޕޮއިންޓު އުނިކުރެވޭނެއެވެ.

5

 

8-

ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތްނަމަ

 

10-

ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ މަންމަ/ބައްޕަ ނިޔާވެ، ވާރުތަ މުދާ ނުބަހައި ހުރިނަމަ، އެ މުދާ ބެހުމުން ގޯތިން 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ލިބޭނަމަ

 

15-

ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ މަންމަ/ ބައްޕަ ނިޔާވެ، ވާރުތަ މުދާ ނުބަހައި ހުރިނަމަ، އެ މުދާ ބެހުމުން ގޯތިން 600 އަށްވުރެ ބޮޑު 1200 އަކަފޫޓަށްވުރެ ކުޑަ ބައެއް ލިބޭނަމަ

 

25-

ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ މަންމަ/ބައްޕަ ނިޔާވެ، ވާރުތަ މުދާ ނުބަހައި ހުރިނަމަ، އެ މުދާ ބެހުމުން ގޯތިން 1200 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބޭނަމަ

 

3-

ތިމާގެ މަންމަ ނުވަތަ ބައްޕައަށް ލިބިފައިވާ ގޯތި ނުވަތަ ގޯތިތައް ދަރީންގެ މެދުގައި ބަހާލުމުން މީހަކަށް ލިބޭ ބިމުގެ ބޮޑުމިން 1000 އަކަފޫޓަށް ވުރެބޮޑު 2000 އަކަފޫޓަށްވުރެ ކުޑަނަމަ

 

6-

ތިމާގެ މަންމަ ނުވަތަ ބައްޕައަށް ލިބިފައިވާ ގޯތި ނުވަތަ ގޯތިތައް ދަރީންގެ މެދުގައި ބަހާލުމުން މީހަކަށް 2000 އަކަފޫޓަށްވުރެ ބޮޑުވާނަމަ

 

10-

ތިމާގެ މަންމަ/ ބައްޕަގެ ގޯއްޗެއް އޮވެ، މަންމަގެ ހުރި ހަމައެކަނި ދަރިއަކީ މީނާކަމަށްވާނަމަ

10

 

ޖޮއިންޓް އެޕްލިކޭޝަން

6

10

ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައި ދެމަފިރިން ކުރިމަތިލާނަމަ

100

ޖުމްލަ ޕޮއިންޓު

ނޯޓް:

1. ޢުމުރުގެ ބަޔަށް ޕޮއިންޓްދޭނީ އެމީހަކު ފޯމު ހުށަހެޅި ތާރީޚަށް ފުރިފައިވާ މީލާދީ އަހަރަށެވެ.

2. ރަށްވެހިކަމުގެ ބަޔަށް ޕޮއިންޓު ދޭނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ރަށްވެއްސަކަށް ވީކަން އެނގޭ ލިޔުން ހުށަހެޅުމުން މީލާދީން ފުރިފައިވާ އަހަރަށެވެ.

3. ރަށުގައި ދިރިއުޅުން މާނަކުރަނީ ގޯތިދިނުމަށް އިޢުލާނުކުރާ ތާރީޚުން ފެށިގެން ވޭތުވެ ގޮސްފައިވާ 15 އަހަރުގެތެރޭގައި، އެހެން ތަނަކަށް ދިރިއުޅުން ބަދަލުނުކޮށް އއ. ތޮއްޑޫގައި ދިރިއުޅުމުގެ ޒަރުރީ ބޭނުންތައް ފުދޭގޮތަށް ދިރިއުޅުމެވެ. މީގެތެރޭގައި ދަތުރުވަރީގައި ތަންތަނަށް ދިއުމާއި، ޒަރޫރީ ބޭނުންތަކަށް ރަށުން ބޭރުގައި ހުންނަ ހުރުން ނުހިމެނޭނެއެވެ. މިބަޔަށް ޕޮއިންޓުދޭނީ ދެންނެވިފައިވާ މުއްދަތުގައި އަހަރަކަށްވުރެ ގިނަދުވަހު ރަށުން ބޭރުގައި ހުރެފައިވާނަމަ، އެ ބޭނުމެއް އެނގޭ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

4. ބިމާއި ގޯތިގެދޮރާ ބެހޭގޮތުން ދީފައިވާ މަޢުލޫމާތު ބެލުމުގެ ގޮތުން ގޯތި ހަވާލުކުރުމަށް ހޮވޭ ފަރާތްތަކާއި އިންޓަރވިއު ކުރެވޭނެއެވެ.

5. މަޢުލޫމާތުތައް ޗެކްކުރުމަށްފަހު ގޯތިދިނުމަށް، ނުވަތަ ގުރުއަތަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ޝަރުޠު ހަމަނުވާކަމަށް ސާބިތުވެއްޖެނަމަ، ގޯތި ދިނުމަށް ހޮވިފައިވާ ހޮވުން ބާޠިލުކުރެވޭނެއެވެ. އަދި ޕޮއިންޓަށް އަންނަ ބަދަލެއްގެ ސަބަބުން ގުރުއަތަށް ހޮވޭ ވަރަށްވުރެ މަދުން ޕޮއިންޓު ލިބޭނަމަ ގުރުއަތުން ހޮވިފައިވާ ހޮވުންވެސް ބާޠިލުކުރެވޭނެއެވެ.

6. ފޯމުގައި ދީފައިވާ މަޢުލޫމާތަކީ ޞައްޙަނޫން މަޢުލޫމާތެއްކަން، ފޯމު ހުށަހަޅާއިރު ސާބިތުވެއްޖެނަމަ އެ ފޯމު ބާޠިލުކުރެވޭނެއެވެ.

   ހ. ގޯތި ހަވާލުކުރުމަށްފަހުވެސް އެފަދަކަމެއް ސާބިތުވެއްޖެނަމަ ގޯތި ވަކިކުރެވޭނެއެވެ.

7. ޖޮއިންޓު އެޕްލިކޭޝަންގެ ގޮތުގައި ފޯމު ހުށަހަޅާފައިނުވާ ދެމަފިރިން ގޯތި ލިބެންޖެހޭ ލިސްޓަށް ނުވަތަ ގުރުއަތުން ހޮވިއްޖެނަމަ، މި ދެފަރާތަށް ވެސް ދޫކުރެވޭނީ 1 (އެކެއް) ގޯއްޗެވެ. މިގޮތުން ގޯތިދޭނެ ފަރާތެއް ކަނޑައަޅާނީ ތިރީގައިވާ ގޮތުގެމަތީންނެވެ.

  ހ. ފުރަތަމަ ފުރުޞަތުދޭނީ ދެފަރާތުގެ ނަމުގައި ގޯތި ރަޖިސްޓަރީކުރުމަށެވެ.

  ށ. ދެފަރާތް އެއްކޮށް ރަޖިސްޓަރީކުރުމަށް އެއްބަސްނުވެވޭނަމަ، ދެފަރާތުން ވާހަކަދައްކައިގެން ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތެއް ކަނޑައަޅާނީއެވެ.

  ނ. ދެފަރާތުން ވާހަކަދައްކައިގެން ރަޖިސްޓަރީކުރާނެ ފަރާތަކާމެދު އެއްބަސްނުވެވިއްޖެނަމަ، ގޯތި ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

8. ޖޮއިންޓް އެޕްލިކޭޝަންގެގޮތުގައި ފޯމު ހުށަހަޅާފައިނުވާ، އެކަކަށްވުރެ ގިނަ އަނބިން ތިބި މީހަކަށާއި، އޭނާގެ އަނތްބެއް ނުވަތަ އަނބިން ގޯތިދިނުމަށް ހޮވުނު ނަމަވެސް، އެ ފަރާތްތަކަށް ހަވާލުކުރެވޭނީ 1 (އެކެއް) ގޯއްޗެވެ. މިގޮތުން ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ތިރީގައިވާގޮތުގެ މަތީންނެވެ.

  ހ. ފުރަތަމަ ފުރުޞަތުދޭނީ ހޮވުނު ފަރާތުގެ ނަމުގައި ރަޖިސްޓަރީކުރުމަށެވެ.

  ށ. އެއްކޮށް ރަޖިސްޓަރީކުރުމަށް އެއްބަސްނުވެވޭނަމަ، ދެފަރާތުން ވާހަކަ ދައްކައިގެން ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތެއް ކަނޑައަޅާނީއެވެ.

  ނ. ދެފަރާތުން ވާހަކަދައްކައިގެން ރަޖިސްޓަރީކުރާނެ ފަރާތަކާއިމެދު އެއްބަސްނުވެވިއްޖެނަމަ، ގޯތި ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

9. ދެމަފިރިން ގޯއްޗަކަށް އެދި ފޯމު ލާއިރު ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައި ހުށަހެޅިދާނެއެވެ. ދެމަފިރިއަކު ގޯއްޗަށް އެދި ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާނީ ވަކި ދެފޯމެއްގެ ގޮތުގައި ފޯމުގައިވާ ޖޮއިންޓް އެޕްލިކޭޝަންގެ ބައި ފުރުމަށްފަހު ދެ ފޯމު އެކުގައި ހުށަހަޅާ ފަރާތްތަކަށް ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައި ލިބެންވާ ޕޮއިންޓުދެވޭނެއެވެ. ނަމަވެސް އެ ދެފަރާތުގެ ތެރެއިން އެއްފަރާތުގެ އެޕްލިކޭޝަން ޝަރުޠު ހަމަނުވާނަމަ، އެއީ ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އަދި ޝަރުޠު ހަމަވާ ފަރާތަށް ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައި ހުށަހެޅުމުން ލިބޭ ޕޮއިންޓް އުނިކުރެވޭނެއެވެ.

  ހ. ފޯމު ހުށަހަޅާ ދެފަރާތަކީ ޝަރުޠު ހަމަވެ، ގޯތި ލިބުމަށް ހޮވޭ މިންގަނޑަށް ފެތޭ ފަރާތްތަކެއްނަމަ، ދެފޯމަށް ލިބޭނީ އެއް ގޯއްޗެވެ. ގޯތި ރަޖިސްޓަރީކުރާނީ ދެމީހުންގެ ނަމުގައެވެ.

  ށ. ފޯމު ހުށަހަޅާ ދެފަރާތަކީ ޝަރުޠު ހަމަވެ، ގުރުއަތަށް ހޮވޭ މިންގަނޑަށް ފެތޭ ފަރާތްތަކެއްނަމަ، ދެ ފޯމުވެސް ގުރުއަތަށް ގެންދެވޭނެއެވެ. ގުރުއަތުން އެ ދެ ފޯމަށް ގޯތި ލިބުނަސް ރަޖިސްޓަރީ ކުރާނީ ދެމީހުންގެ ނަމުގައި އެއް ގޯއްޗެވެ. އެއް ފޯމަށް ގުރުއަތުން ގޯތި ލިބުނަސް ގޯތި ރަޖިސްޓަރީކުރާނީ ދެމީހުންގެ ނަމުގައެވެ.

10. އެކަކަށް ވުރެ ގިނަ އަނބިން ތިބި މީހަކަށް، ހުރިހާ އަނބިންނާއެކު ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅިދާނެއެވެ.

  ހ. އެކަކަށްވުރެ ގިނަމީހުންނާ އިނދެގެން އުޅޭ ފަރާތްތަކުގެ ކޮންމެ އަނތްބަކަށް ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހެޅިދާނެއެވެ. މިގޮތަށް ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއްފަރާތަށްވުރެ ގިނަފަރާތްތަކެއް ގޯތި ލިބުމަށް ހޮވޭ މިންގަނޑަށް ފެތޭނަމަވެސް ދޫކުރާނީ 1 (އެކެއް) ގޯއްޗެވެ. 1 (އެކެއް) ޖޮއިންޓް އެޕްލިކޭޝަނަކަށެވެ. މިގޮތަށް ހޮވިއްޖެނަމަ ހޮވޭ ފަރާތްތަކުގެ މެދުގައި ވާހަކަދައްކައިގެން ގޯތިދޭނެ ޖޮއިންޓް އެޕްލިކޭޝަނެއް ކަނޑައަޅާނީއެވެ. ނަމަވެސް ވަކި ގޮތަކަށް އެއްބަސްނުވެވިއްޖެނަމަ، ގޯތިލިބޭ އެޕްލިކޭޝަނެއް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

  ށ. އެކަކަށްވުރެ ގިނަމީހުންނާ އިނދެގެން އުޅޭމީހަކު، އޭނާގެ އަނތްބަކާއެކު ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާފައިވަނިކޮށް، އޭނާގެ އެހެން އަނތްބެއް ޖޮއިންޓް އެޕްލިކޭޝަން ނޫންގޮތަކަށް ވަކިން ފޯމު ހުށަހަޅާ، މި ދެ އެޕްލިކޭޝަން ގޯތިދިނުމަށް ހޮވިއްޖެނަމަވެސް، ހަވާލުކުރާނީ 1 (އެކެއް) ގޯއްޗެވެ. އަދި މި ގޯތި ރަޖިސްޓަރީ ކުރެވޭނީ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ ނަމުގައެވެ.

11. ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ޕޮއިންޓް ދިނުމަށްފަހު، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް ތަރުތީބުން ގޯތިދިނުން. (މިގޮތަށް ތަރުތީބު ކުރާއިރު، 100 ވަނަ ގޯއްޗަށް ޕޮއިންޓު އެއްވަރުވެގެން އެއްފަރާތަށްވުރެ ގިނަފަރާތް ހޮވިފައިވާނަމަ، ގޯތިދޭނެ ފަރާތެއް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ)

12. ދެންނެވިފައިވާ ގޮތަށް ގޯތިދޭނެ ފަރާތްތައް ކަނޑައެޅުމަށްފަހު، ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ، 100 ގޯތީގައި ނަންބަރުޖަހައި ގޯތިދިނުމަށް ކަނޑައެޅިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ގޯތި ހަވާލުކުރެވޭނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

12 ރަޖަބު 1437

19 އޭޕްރިލް 2016
ހޯދާ