ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕްރިންޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ނަންބަރު: 188OD/22/2016/09

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ސަޕޯޓް ސަރވިސް 3

މަޤާމުގެ ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގްރޭޑް 3

މުސާރަ: މަހަކު -/3875 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: އދ. ދަނގެތީ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް/ އެޑްމިން ސެކްޝަން، ދަނގެތީސްކޫލް / އދ. ދަނގެތި

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ދުވަހުން ދުވަހަށް ޕްރިންޓްކުރަންޖެހޭ ތަކެތި ޕްރިންޓްކުރުމާއި، ޕްރިންޓްކުރުމަށް ހަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން (ޓެސްޓާ ގުޅުންހުރި ލިޔުމެއްނަމަ، އެ ލިޔުން ފެންނަންޖެހޭ ފަރާތްނޫން އެހެން ފަރާތްތަކަށް ނުފެންނާނޭހެން ބެހެއްޓުން)
  2. ޕުރިންޓްކުރާ ތަކެތީގެ ކޮޕީއެއް ފައިލްކޮށް ބެލެހެއްޓުން.
  3. ޕުރިންޓްކުރުމަށް ބޭނުންކުރާ ހުރިހާ މެޝިންތަކެއް ސަރވިސްކުރުވައި ބެލެހެއްޓުން.
  4. ޕުރިންޓްކުރުމަށް ބޭނުންވާ ކަރުދާހާއި ދެލިފަދަ ތަކެތި ދުރާލައި ހޯދުން.
  5. ޕުރިންޓް ރޫމް ސާފުކުރުވައި ތަރުތީބުކޮށް ބެލެހެއްޓުން.
  6. ހަވާލުކުރެވޭ ތަކެތި ލެމިނޭޓްކުރުމާއި ބައިންޑްކުރުން.
  7. ދަރިވަރުންގެ ފައިދާއަށް ހިންގޭ އިތުރު ހަރަކާތްތަކާއި، މުވައްޒަފުންނަށް ހިނގޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމްތަކުގެ ސެޓްފިކެޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެ، ސެޓްފިކެޓްތައް ޕްރިންޓްކުރުން.
  8. ކިޔަވައިދިނުމަށް ބޭނުންވާ މާކްޝީޓުތަކާއި، ޓެސްޓް ޕޭޕަރުތަކާއި، އެނޫން ޓީޗިންގ މެޓީރިއަލްތައް، ޓީޗަރުން ކަނޑައަޅާ ތާރީޚަށް ނިންމުން.
  9. ފޮޓޯކޮޕީ މެޝިންތަކާއި، ޗާޕުމެޝިނާއި، އެހެނިހެން ޕްރިންޓަރުތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމާއެކު، މެޝިނަށް މައްސަލައެއް މެދުވެރިވެއްޖެނަމަ، އެކަމެއްގެ މަޢުލޫމާތު، ކަމާބެހޭ ވެރިޔަކަށް ވަގުތުން ދިނުމާއި، އެކަން ޙައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން މަސައްކަތްކުރުން.
  10. އިދާރީ އެހެން މުވައްޒަފުން ހާޒިރުނުވާ ހާލަތްތަކާއި އެހެން ހާލަތްތަކުގައި އިދާރީގޮތުން ހަވާލުކުރެވޭ މަސައްކަތްކުރެއްވުން.
  11. ސްކޫލުން ރާވައިގެން ހިންގާ ޕްރޮގްރާމްތަކުގައި، ސްކޫލުން އަންގާ ގޮތެއްގެމަތިން އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠު:             

1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

އިންޓަރވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށް ފަހުގައެވެ. އިންޓަވިއު އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައެވެ.

ށ. މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ.

ނ. އިންޓަވިއު ކުރެވޭނީ، ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ރ. މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރީ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ދަނގެތީ ސްކޫލަށް ހުށަހެޅުން އެދެމެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6680803 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 


7 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ