މަގާމު
|
އައި.ސީ.ޑީ ކޯޑިންގ ކޮންސަލްޓެންޓް (ޑިސްއެބިލިޓީ)
|
ބޭނުންވާ އަދަދު
|
02
|
މަޤާމުގެ ކްލެސިފިކޭޝަން: އައި.ސީ.ޑީ ކޯޑިންގ ކޮންސަލްޓެންޓް (ޑިސްއެބިލިޓީ)
|
މުސާރަ
|
މަހަކު -/15,000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)، ކ.މާލެ
|
ސެކްޝަން
|
ޕޮލިސީ އެންޑް ޕްލޭނިންގ
|
ކޮންޓްރެކްޓް
|
ވަޒީފާގެ ބާވަތް
|
މަސައްކަތުގެ މުއްދަތު
|
3 (ތިނެއް) މަސްދުވަސް (މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)
|
މަސައްކަތުގެ ވަގުތު
|
ދެފަރާތުން އެއްބަސްވާ ގޮތަކަށް
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީ ދިނުމަށް ތައްޔާރުކޮށްފައިވާ ލިސްޓު އައި.ސީ.ޑީ ކޯޑިންގއާ އެއްގޮތަށް ބަދަލުކުރުން
|
ތަޢުލީމާއި ތަޖުރިބާ
|
- އައި.ސީ.ޑީ 10 ކޯޑިންގ ކޮންވެންޝަނަށް އަހުލުވެރިވުމާއެކު ބޭނުންކުރުމުގެ ތަޖުރިބާ ހުރުން
- ޕްރައިމަރީ ހެލްތު ކެއަރ / ނަރސިންގ / ހެލްތު ސައިންސަން / ޑިސްއެބިލިޓީ ސްޓަޑީސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލު ކޮށްފައިވުން
- މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ސަރުކާރުގެ އިދާރާއެއްގައި ނުވަތަ އެންޖީއޯއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން
- ނުކުޅެދުންތެރިކަމާ ގުޅުން ހުރި ކަންކަމުގައި އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިހުރުން
- ދިވެހިބަހާއި އިނގިރޭސި ބަހުން މުޢާމަލާތު ކުރަން އެނގުން
- މީޑިއާ ނުވަތަ ޕަބްލިކް ރިލޭޝަންސްގެ ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޭޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.nspa.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ މަޢުލޫމާތު ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
ސުންގަޑި
|
2016 އޭޕްރިލް 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
3 މޭ 2016 ގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 3005330 އެވެ.
|