ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
|
މަޤާމު: |
ޑިއުޓީ އޮފިސަރ |
ވަޒީފާގެ ދާއިރާ: |
މެނޭޖިންގ ޑިރެކްޓަރސް ބިއުރޯ |
ބޭނުންވާ އަދަދު: |
05 |
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: |
-/5,740 ރ އާއި -/12,000 ރ އާ ދެމެދު. |
ފެންވަރު ނުވަތަ ޝަރުޠު: |
|
ދާއިރާގެ މައިގަނޑު މަސައްކަތް: |
ޑިއުޓީ އުސޫލުން ސެކިއުރިޓީ ބެލެހެއްޓުން |
މަޤާމު: |
ލޭބަރ (ވަގުތީ) |
ވަޒީފާގެ ދާއިރާ: |
ޓްރާންސްޕޯޓް އެންޑް މެއިންޓަނަންސް ޑިޕާޓްމަންޓް |
ބޭނުންވާ އަދަދު: |
30 |
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: |
-/3,000ރ އާއި -/8,000ރ އާ ދެމެދު. |
ފެންވަރު ނުވަތަ ޝަރުޠު: |
|
ދާއިރާގެ މައިގަނޑު މަސައްކަތް: |
ކުންފުނީގެ މެއިންޓަނަންސްގެ މަސައްކަތް ކުރުން |
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު: |
2016 އެޕްރީލް 28 ދުވަހުގެ 15:00 ގެ ކުރިން |
މި މަޤާމުތަކަށް ހޮވުމުގައި މާލޭގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ޝަރުޠު ހަމަވާ ފަރާތްތައް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދެވޭނެއެވެ. ޑިއުޓީ އޮފިސަރުގެ ވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ކޮންޓްރެކްޓްގެ މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 6 މަސްދުވަސް ހަމަވުމުން ވަޒީފާ ދާއިމީ ކުރެވޭނެއެވެ. ލޭބަރ (ވަގުތީ) ވަޒީފާއަކީ 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވައި ތަޢުލީމީ ސެޓުފިކެޓުތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެ ތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑުގެ ކޮޕީ، ވަޒީފާއަށް އެދޭ ފޯމާއެކު މި ކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 2016 އެޕްރީލް 28 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާއެވެ. 12 ރަޖަބު 1437 |