ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުގެ ގްރޭޑް 8، 9، 10 ގެ ދަރިވަރުންނަށް އެކައުންޓް މި މާއްދާ ކިޔަވައިދޭނެ ރިލީފް ޓީޗަރެއް ހޯދަން ބޭނުންވެއެވެ.
މަޤާމް: އެކައުންޓް ޓީޗަރ
ފެންވަރު ނުވަތަ ޝަރުޠު:
މުވައްޒަފުގެ ތަޢުލީމީ ފެންވަރު |
މުސާރަ (މަހަކު) |
ސަރވިސް އެލަވަންސް (މަހަކު) |
1- ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ |
-/6،090 ރުފިޔާ |
-/2،500 ރުފިޔާ |
2- މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން. ނުވަތަ؛ |
-/5،500 ރުފިޔާ |
-/1،500 ރުފިޔާ |
3- ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން. |
-/4،500 ރުފިޔާ |
-/1،500 ރުފިޔާ |
ނޯޓް:
1. ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމައި އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލޭނެއެވެ.
2. ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމައި އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލޭނެއެވެ.
3. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، ސާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލޭނެއެވެ.
ސުންގަޑި:
މި ވަޒީފާއަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ލިޔުންތަކާއެކު، 2016 އެޕްރީލް 28 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި މަރުކަޒަށް ހުށަހެޅުން އެދެމެވެ.
1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު.
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
3. ސްކޫލް ލީވިންގ ސެޓްފިކެޓް.
4. ތަޢުލީމީ ސެޓްފިކެޓްތައް.
5. ވަނަވަރު.
12 ރަޖަބު 1437