ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޓޫރިޒަމް ގުޅިގެން
ޓޫރިޒަމް ދާއިރާއަށް 8000 މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމަށް ބައިވެރިން ހޯދުން
ތަމްރީނު ކުރަން ހަމަޖެހިފައިވާ ދާއިރާތައް:
19. General Cashier |
10. Assistant Chief Engineer |
1. Store Keeper |
20. Room Attendant |
11. Lifeguard |
2. Power House Operator |
21. Tour Guide |
12. Laundry Attendant |
3. Marine Mechanic |
22. IT Technician |
13. Health and Wellness |
4. Food and Beverage Personnel |
23. Airport Representative |
14. Security Officer |
5. Guest Relation Officer |
24. Ticketing and Reservation |
15. Engineer |
6. Electrician/ Technician |
25. Logistic / Admin Officer |
16. Kids Club Attendant |
7. Gardner |
26. Refrigeration and Air-conditioning |
17. Food Preparation |
8. Diving / Watersports |
|
18. Pastry and Bakery Chef |
9. Front Office |
ތަމްރީނު ކުރަން ހަމަޖެހިފައިވާ ކޯހުގެ ލެވެލް، ވަދެވޭ ޝަރުޠު އަދި މުއްދަތާއި މުއްދަތު ހަމަކުރަންޖެހޭގޮތް:
ލެވެލް |
ވަދެވޭ ޝަރުޠު |
މުއްދަތު |
މުއްދަތުގެ ތަފުސީލު |
|
ލެވެލް 3 |
ގްރޭޑް 7 ނިންމާފައިވުން |
6 މަސް |
40 ގަޑިއިރުގެ ކިޔެވުން އަދި 160 ގަޑިއިރު ދަސްވާރެއްގެ ގޮތުގައި މަސައްކަތްކުރުން އަދި އިމްތިޙާން |
ދަސްވާރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ކޯހާއި ގުޅޭ ވަޒީފާދޭ ތަނެއްގައި އަތްދަށު މަސައްކަތްކޮށް ތަމްރީނުވުމެވެ.
|
ލެވެލް 4 |
ސާނަވީ ސްކޫލް ނިންމާ އިމްތިޙާނަކުން 3 ސީ ފާސް ލިބިފައިވުން، ނުވަތަ ދާއިރާއާ ގުޅުންހުރި ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށްފައިވުން. |
8 މަސް |
200 ގަޑިއިރުގެ ކިޔެވުން އަދި 400 ގަޑިއިރު ދަސްވާރެއްގެ ގޮތުގައި މަސައްކަތްކުރުން އަދި އިމްތިޙާން |
ކޯހުގެ ފީ:
މި ކޯސްތަކަށް ހޮވޭ ދަރިވަރުންނަކީ ސްޕޮންސަރކުރެވިފައިވާ ދަރިވަރުންނަށްވާތީ ކޯހުގެ ފީ ދައްކާކަށް ނުޖެހޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަ ކޮށްފައިވާ ބައިވެރިވުމަށް އެދޭ ފޯމު.
ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
ނ- ތަޢުލީމީ ސަނަދުތަކުގެ ކޮޕީ
ރ- ވަޒީފާ އަދާކުރާ ފަރާތެއްނަމަ މިކޯސް ހެދުމަށް ވީއްލާނެކަމުގެ ލިޔުން.
ބައިވެރިވުމަށް އެދޭ ފޯމު ހުށަހަޅާނީ
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / ޣާޒީ ބިލްޑިންގ (ގްރައުންޑް ފްލޯރ) ނުވަތަ [email protected] އަށެވެ.
އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ:
- މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ވެބްސައިޓް: www.moe.gov.mv
- ޓިވެޓް އޮތޯރިޓީގެ ވެބްސައިޓް: www.tvet.gov.mv
- ޓިވެޓް އޮތޯރިޓީގެ މެއިލް: [email protected]
- ފޭސްބުކް: TVET Authority
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 12 މޭ 2016 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން.
ނޯޓް:
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341313 އަދި 9950226 ފޯނާ ގުޅުއްވައި ނުވަތަ އީމެއިލުން ނުވަތަ ފޭސްބުކް އިން މެއިލް ނުވަތަ މެސެޖް ކުރެއްވުން އެދެމެވެ.
10 ރަޖަބު 1437