މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން:

ކޯޓް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

GS3

އޮފީސް:

ރ. ރަސްމާދޫ މެޖިސްޓްރޭޓް ކޯޓް

މަޤާމުގެ މުސާރަ:

-/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސްފަސް ރުފިޔާ)

 

 

އެލަންވަސް/ޢިނާޔަތް:

- ސަރވިސް އެލަވަންސް: މަހަކު -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

- ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %20

- ލިވިންގ އެލަވަންސް: މަހަކު -/2550 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ.

 

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި، "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން ނުވަތަ؛

- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، GS2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ހުށަހެޅޭ މައްސަލަތަކުގައި އިދާރީގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅިފައިވޭތޯ ކަށަވަރުކުރުމާއި، ފަނޑިޔާރުގެ މަޝްވަރާގެމަތިން އެކަން ޔަގީންކުރުން.

2- މައްސަލަތަކާ ގުޅޭ ރެކޯޑުތައް ބެލެހެއްޓުން.

3- މައްސަލަތަކާ ގުޅޭގޮތުން ރެކޯޑުކުރެވޭ ބަޔާންތައް ފަނޑިޔާރުގެ މަޝްވަރާގެމަތިން ލިޔެ އެމީހުން ލައްވައި ސޮއިކުރުން.

4- މައްސަލައިގެ ބަޔާންތަކުގައި ސޮއިކުރެވިފައިވާނަމަ ސްކޭންކުރުމަށްފަހު ފައިލްކުރުން.

5- މައްސަލަ ނިމުމުން، ފަނޑިޔާރުގެ އިރުޝާދުގެމަތިން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރުން.

6- ޤާނޫނީ ވަކީލުންގެ ރެކޯޑް ބެލެހެއްޓުން.

7- ހުށަހެޅޭ ވަރި / ކާވެނީގައި ފަނޑިޔާރުގެ މަޝްވަރާގެމަތިން ކުރަންޖެހޭ އިދާރީ މަސައްކަތްތައްކުރުން.

8- ކޮންމެ މީލާދީމަހެއް ނިމުމުން، އެ މަހެއްގެ ތަފާސްހިސާބު ރިޕޯޓްތައް ޑިޕާޓްމަންޓަށް ފޮނުވުމަށް ރ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓަށް ފޮނުވުން.

9- މައްސަލައިގެ ފައިލް، ޝަރީޢަތްކުރަން ހަމަޖެހިފައިވާ ކޮޓަރިއަށް ގެންދިއުން.

10- މައްސަލަތަކަށް މީހުން ވެއްދުމުގެކުރިން ރެކޯޑިންގ ސެޓްކުރަންޖެހޭ މައްސަލަތަކުގައި ރެކޯޑިންގ ސެޓްކުރުން.

11- މައްސަލަތަކާ ގުޅިގެން ހާޒިރުކުރަންޖެހޭ ފަރާތްތަކަށް އަމުރު ލިޔެ ތައްޔާރުކުރުމާއި، މަޖިލީހަށް މީހުން ހަމަވުމުން، ޤާޟީއަށް އެވާހަކަ ދަންނަވައި، ޝަރީޢަތުގެ މަޖިލީހަށް މީހުން ވެއްދުން.

12- ޝަރީޢަތުގެ މަޖިލީހަށް މީހުން ވެއްދުމުގެކުރިން އެމީހުންގެ އަތުން ފޯނުފަދަ ރެކޯޑުކުރެވޭ ތަކެތި އަތުލުމާއި، ޝަރީޢަތް އަޑުއަހަން އަންނަ މީހުންގެ އަތުންވެސް މިބާވަތުގެ އެއްޗެހި އަތުލުން.

13- ޝަރީޢަތް އަޑުއެހުމަށް އަންނަ މީހުން ޝަރީޢަތުގެ މަޖިލީހަށް ވެއްދުމުގެ ކުރިން އެމީހުންގެ އައިޑީކާޑު އޮތްތޯ ޗެކްކޮށް، ޖާގައޮތް މިންވަރަކުން، ނަންނޯޓް ކުރެވިފައިވާ ތަރުތީބުން އެމީހުން ވެއްދުން.

14- ޝަރީޢަތުގެ މަޖިލީހަށް ހެކިން ވެއްދުމުގެ ކުރިން އެމީހުންތިބީ ވުޟޫކޮށްގެންތޯ ބެލުން.

15- ޝަރީޢަތުގެ މަޖިލީހަށް މީހުން ވެއްދުމަށްފަހު ޤާޟީ ވަޑައިގެންނެވުމުގެ ކުރިން ހާޒިރުވެތިބި މީހުންނަށް ކޮޅަށްތެދުވެ ތެދުބަހުން ވާހަކަދައްކަން އިރުޝާދުދިނުމާއި، ޝަރީޢަތުގެ މަޖިލީހުގައި ޢަމަލުތައް ބަހައްޓަންވީގޮތް ކިޔައިދިނުން.

16- އެކަކަށްވުރެ ގިނަމީހުން ހެކިބަސް ނަގާނަމަ، ހެކިބަސް ނަގާފައި ނެރޭ މީހާއާއި ދެންތިބި ހެކިންނާ އެއްތަނަކުން ބައްދަލު ނުވެވޭގޮތަށް ބޭތިއްބުން.

17- ޝަރީޢަތުގެ މަޖިލީހުގައި ކޯޓުގެ ޙުރުމަތްކެނޑޭފަދަ ޢަމަލެއް ހިނގަމުންދޭތޯ ބެލުމާއި، މިފަދަ ކަމެއް ހިންގަމުންދާނަމަ، އެކަމެއް ހުއްޓުވުން.

18- މީގެ އިތުރުން، ވެރިއަކު އަންގަވާ، ކޯޓުގެ ރަސްމީ މަސައްކަތްތައް ކުރުން.

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު ލިބެން ހުންނާނީ، މި ކޯޓުގެ ކައުންޓަރުން)

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާސްކްރިޕްޓް ހުށަހެޅުން)

- އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިއުން ހުށަހަޅާނަމަ، މާޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިއުމެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން،2016 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މި ކޯޓަށް ހުށަހެޅުން ނުވަތަ މި ކޯޓުގެ މެއިލަށް ([email protected]) މެއިލްކުރުން އެދެމެވެ. ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބަލައެއް ނުގަނެވޭނެއެވެ.

12 ރަޖަބު 1437

19 އޭޕްރިލް 2016
ހޯދާ