ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
Tape Drive Backup System ސަޕްލައިކޮށްދީ އިންސްޓޯލްކޮށް އަދި ޓްރެއިނިންގ ދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ ހައިކޯޓަށް Tape Drive Backup System ސަޕްލައިކޮށްދީ އިންސްޓޯލްކޮށް އަދި މަދުވެގެން 2 މުވައްޒަފަކަށް ކަމާގުޅޭ ޓްރެއިނިންގދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިކޯޓުގެ ނަންބަރު: (IUL)95-PM/1/2016/28 (07 އެޕްރީލް 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް 2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 26 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް ހައިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 މޭ 2016 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި މިކޯޓުގެ މީޓިންގރޫމް 01 ގައެވެ.

11 ރަޖަބު 1437

18 އޭޕްރިލް 2016
ހޯދާ