ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަޤާމް: |
ތަރުޖަމާނު |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ރޭންކް: ޖީ. އެސް. 3 |
މުސާރަ: |
މަހަކު -/4465 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
|
ޑިވިޜަން / ސެކްޝަން: |
އޯ ޕީ ޑީ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އުތީމު ޞިއްޙީ މަރުކަޒު / ހއ. އުތީމު |
|
އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން: |
ހއ އުތީމު ޞިއްޙީ މަރުކަޒު |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
|
|
ތަޢުލީމާއި، ތަޖުރިބާ: |
1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. |
|
ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި ރިސްކް އެލަވަންސް ލިބޭނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ހއ. އުތީމު ޞިއްޙީ މަރުކަޒުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 4. މަސައްކަތުގެ ތަޖުރިބާ ދެނަގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ސީ ވީ) |
|
ސުންގަޑި: |
މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، 2016 މޭ 3 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް، ހއ. އުތީމު ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ. |
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، 2016 މޭމަހުގެ ތެރޭގައި ހއ. އުތީމު ޞިއްޙީ މަރުކަޒުގައި އޮންނާނެއެވެ. |
|
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6500568 އެވެ. |
14 ރަޖަބު 1437