މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ޕޮލިސް އެކަޑަމީއެއް ޤާއިމުކުރުމަށް ސ.ހިތަދޫގެ ފަޅުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

  • ޕޮލިސް އެކަޑަމީއެއް ޤާއިމުކުރުމަށް ސ.ހިތަދޫގެ ފަޅުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި މިސަރވިސްގެ ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް 171-H3(PU)/IUL/2016/58 ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، އަލުން އެފުރުޞަތު ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  • ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2016 އެޕްރީލް 21 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2016 އެޕްރީލް 27 ވާ ބުދަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަންފޮތެއްގެ އަގަކީ -/200ރ (ދުއިސައްތަަރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓްކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  • މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި، އިސްކަންދަރު ބިލްޑިންގގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2016 އެޕްރީލް 27 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
  • ބީލަން ހުޅުވުން އޮންނާނީ 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 14:30 މިސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
  • މިސަރވިސްގެ ނަންބަރު 171-H3(PU)/IUL/2016/58  އިޢުލާނާ ގުޅިގެން ބީލަންފޮތް ގަނެފައިވާ ފަރާތްތަކުން އަލުން ބީލަންފޮތް ގަންނާކަށްނުޖެހޭނެއެވެ. 
  • ނަމަވެސް ބިޑް ވިއްކާ މުއްދަތުގެ ތެރޭގައި އިސްކަންދަރު ބިލްޑިންގއަށް ވަޑައިގެން ނަންނޯޓުކުރަންވާނެއެވެ. ބިޑްގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމުގައާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރި ކުރެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
  • އެޑްވާންސް ޕޭމަންޓުގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
19 އޭޕްރިލް 2016
ހޯދާ