މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3 (ޖެނެރަލް ސަރވިސް 3)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް/ އެޑްމިން އެންޑް ހިއުމަން ރިސޯސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ

މުސާރަ:

 މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

ބޭނުންވާ ޢަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- އިދާރާ ހުޅުވައި ލެއްޕުމުގެ އިންތިޒާމްތައް، ޒިންމާދާރުވެރިންގެ މަޝްވަރާގެމަތީން ހަމަޖެއްސުމާއި، އެކަން ކުރުން.

- ސެކްޝަންގެ ލިޔެކިޔުންތަކާއި މުވައްޒަފުންގެ ފައިލްތައް ރައްކާތެރިކަމާއެކު ތަރުތީބުން ބެލެހެއްޓޭނޭ އިންތިޒާމްތައް ހަމަޖައްސައި ބެލެހެއްޓުން.

- ކައުންޓަރަށް ހުށަހެޅޭ އެކިއެކި ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

- ކައުންސިލް އިދާރާއަށާއި، ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް މަރުޙަބާ ދެންނެވުމާއި، މެހުމާންދާރީ އަދާކުރުން.

- މުވައްޒަފުންނަށް ލިބެންޖެހޭ އެކިއެކި އެލަވަންސް ހޯދުމަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކޮށް، ބަޖެޓް ސެކްޝަނަށް ފޮނުވުން.

- އިދާރާގައި ޤާއިމްކުރެވިފައިވާ ފިންގަރ ޕްރިންޓިންގ މެޝިނަށް މުވައްޒަފުން އެންޓަރވާގޮތް ބަލައި މޮނީޓަރކުރުމާއި، އެއާ ގުޅޭ ސޮފްޓްވެއަރ ބެލެހެއްޓުމާއި، އިންޓަރކަމުން އިދާރާއަށް ލިބޭ އެންމެހައި ފޯނުކޯލްތަކަށް ޖަވާބުދާރީވެ، ކަމާގުޅޭ ބޭފުޅުންނަށް ކޯލް ޓްރާންސްފަރކުރުން.

- ޤާނޫނާއި ގަވާއިދުތަކަށް އަންނަ ބަދަލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.

- ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ކޮމިޓީގެ އެންމެހައި ކަންކަން، ޒިންމާދާރުވެރިންގެ މަޝްވަރާގެމަތީން ހިންގައި ބެލެހެއްޓުމާއި، އިންޓަވިއު ޕެނަލް އެކުލަވައިލައި، އިންޓަރވިއުކުރުމުގެ ކަންތައްތައް އިންތިޒާމު ކުރުން.

- ޒިންމާދާރުވެރިންގެ ލަފަޔާ މަޝްވަރާގެމަތީން ސީއެސް ވިޔުގާގެ ތެރެއިން ވަޒީފާއަށް މީހުން ލުމާއި، ފިޔަވަޅު އެޅުމާއި، ވަކިކުރުމުގެ ކަންތައްތައް ކުރުން.

- 2014 ގެ ގަވާއިދުގައި ބުނެފައިވާ އިދާރާގެ މަޤާމުތަކުގެ ރަޖިސްޓްރީއާއި، ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.

- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި، އަގުވަޒަންކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، މުވައްޒަފުންގެ އެޕްރައިޒަލް ފޯމުތައް، ސެކްޝަނުގެ ވެރިޔާގެ މަޝްވަރާގެމަތިން ތައްޔާރުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- މުވައްޒަފުންގެ ރަސްމީ / ނުރަސްމީ ގަޑީގެ ހާޒިރީ ބެލެހެއްޓުމާއި، ފިންގަރ ޕްރިންޓިންގ މެޝިނަށް އެންޓަރކުރެވިފައިވާ ގޮތް ބަލައި، ރިޕޯޓްތައް ޕްރިންޓްކޮށް، ހާޒިރީ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުން.

- މުވައްޒަފުންގެ ހާޒިރީ ޝީޓާއި، ކައުންސިލް މެމްބަރުންގެ ހާޒިރީ ޝީޓް، ކޮންމެ މަހެއް ހުސްވުމުގެކުރިން ތައްޔާރުކުރުން.

- މުވައްޒަފުންގެ ޕާރސަނަލް ރެކޯޑް ފައިލްތައް ބެލެހެއްޓުން.

- ރަސްމީގަޑީގައި މުވައްޒަފުން އޮފީހުން ބޭރަށްދާގޮތުގެ ރެކޯޑް ބެލެހެއްޓުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

2. މި ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

4. މަސައްކަތުގައި އުޅެވޭދަފަ ޞިއްޙަތު.

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ދުވަހުގެ ތެރޭގައި މި ކައުންސިލް އިދާރާގައި އޮންނާނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، އެކަމަށް އެކަށީގެންވާ ވަގުތު އޮއްވައި އިންޓަވިއު އަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  

މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، 2016 މޭ 5 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ  ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

6- ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރުފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

7- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަނުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމްތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓް: އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަޞްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6640072 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6640072 އެވެ. އީމެއިލް ކުރާނީ، [email protected] އަށެވެ.

13 ރަޖަބު 1437

20 އޭޕްރިލް 2016
ހޯދާ