ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ އީކޮމާސް އެންޑް މާކެޓިންގ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މެނޭޖަރ އީކޮމާސް އެންޑް މާކެޓިންގ

މުސާރައާއި އެލަވަންސް:

މަހަކު -/17500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އީ ކޮމާސް އެންޑް މާކެޓިންގ

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން އަންޑަރގްރެޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ ސެކްޝަނުގެ އިސްމަޤާމެއްގައި 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • އީކޮމާސް އެންޑް މާކެޓިންގ ޑިޕާޓްމެންޓުގެ ޕްރޮޖެކްޓުތައް ރާވައި ހިންގުން.
  • ނިއު މީޑިޔާގައްޔާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ކުންފުނީގެ ޕްރޮޑަކުޓްތައް ޕްރޮމޯޓްކުރުން.
  • ކުންފުނީގެ ބްރޭންޑުތައް މެނޭޖްކުރުމުގައި އެހީވުން.
  • ކުންފުނީގެ އީކޮމާސް ޕްލެޓްފޯމްތައް މެނޭޖްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ އެންމެހައި ޕްރޮޑަކުޓްތައް ޑިޖިޓަލް މީޑިޔާގެ ޕްލެޓްފޯމްތަކުގައި ބޭނުންކުރެވޭގޮތަށް ތައްޔާރުކުރުން.
  • ކުންފުނީގެ ޑިޖިޓަލް އަދި މަލްޓިމީޑިޔާ ޕްލެޓްފޯމްތައް (ކުންފުނީގެ ވެބްސައިޓާއި ސޮފްޓްވެއަރއާއި އެޕްލިކޭޝަންތައް) މެނޭޖްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ ޕްރޮޑަކްޓްތައް މާކެޓްކުރުމަށް، ތަފާތު ޕްލެޓްފޯމްތަކުގައި ކަންކަން ރާވައި ހިންގުން.
  • ކުންފުނީގެ އިންޓާނަލް ކަންކަމާއި، އީ މާކެޓިންގެ ކަންކަން ރާވައި ހިންގުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަލްޓިމީޑިޔާ، މާކެޓިންގ، ޕީ. އާރު. ގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، އިނޮވޭޓިވް ޚިޔާލުތަކާއި ކްރިއޭޓިވިޓީގެ މިންވަރަށް ބެލޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާފަދަ ދާއިރާއެއްގެ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓްކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މޭ 2 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

12 ރަޖަބު 1437

19 އޭޕްރިލް 2016
ހޯދާ